މައުރޫފު އިސްތިއުފާ ދޭން އެހާ ހުތުރުކޮށް މަޖުބޫރު ކުރުވީ އެޗްޑީސީއިން ދިމްޔާތަށް ވަންނަ ލާރި ބޮޑު ތަނުން މަދުވެގެން ކަމަށް ދިޔަވަރު ނޫހަށް މައުރޫގެ އާއިލާ ފަރާތަކުން މައުލޫމާތު ދީފިއެވެ.
މައުރޫފު އެޗްޑީސީއަށް ކުއްލިއަކަށް ގެނައީ މުއިއްޒުގެ މޫނުމަތި ރީތި ކުރުމަށެވެ. މުއިއްޒު އަންގައިގެން އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ކުރަމުން ދިޔަ ވައްކަމާއި، ހިންގަމުން ދިޔަ ކޮރަޕްޝަންތައް އިންތިހާއަށް ބޮއްސުންލައި، އާންމުންގެ ޕްރެޝަރ ބޮޑުވެ، ނޫސްވެރިން އެޗްޑީސީ ވަށާލައި އާންމުން އެޗްޑީސީ ކައިރީ މުޒާހަރާ ކުރާ ހިސާބަށް ކަންކަން ދިޔުމުން، މުއިއްޒުގެ މޫނުމަތި ރީތި ކުރުމަށް މައުސޫމު ބޭފުޅެއް ކަމަށްވާ މައުރޫފު ކުރިއަށް ނެރެ، ތިމަންނާއަކީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު މީހެއް ކަމަށް ދެއްކުމަށް އޭނާ އެޗްޑީސީއަށް ލީ މުއިއްޒު ޑެމޭޖް ކޮންޓްރޯލް ކުރުމަށެވެ.
އެހިސާބުން ސަސްޕެންޑް ކޮށްފައި އެޗްޑީސީގައި ތިބި ބޮޑުތި ރަތްލާޖެހި ވަގުން ފާހަރަކު މީހެއް ކަމަށް އަލުން އެޗްޑީސީއަށް ވެއްދިއެވެ. އެމީހުންގެ ސަސްޕެންޝަންތައް އުވާލިއެވެ. ޑްރާމާގައި، ފަޒުލްގެ ގެއަށް ވެސް ގޮސް ވައްދާލިއެވެ.
ރައްޔިތުން ކުރިމަތީ މި ޑްރާމާ ކުޅުމަށްފަހު، ވައަތުން ފަޒުލްގެ އަތު ހިފައި ޕާޓީގެ ހިންގުމުގެ އެންމެ އިސް ސަފަށް ނެރުނެވެ. އަދި ވ. އަތޮޅުގެ މުއިއްޒުގެ ކެމްޕެއިން މެނޭޖަރަކަށް އޭނާ އައްޔަންކޮށް، އޭނާގެ މައްސަލަ ހަވާސާއިން ގެއްލުވާލިއެވެ.
މައުރޫފު އެޗްޑީސީގައި ބަހައްޓައިގެން މުއިއްޒަށް ކެތް ކުރެވުނީ އެންމެ 7 މަހެވެ. ރިޓަޔަރމެންޓް ހަމަ ޖެހެންދެންވެސް ނުބަހައްޓައި ނަގާ އެއްލާލީ ހުތުރު ކޮށެވެ.
މިއީ ޕީއެންސީއިން ކައުންސިލް އިންތިހާބަށް، އެޗްޑީސީއިން ވައްކަން ކޮށް، މުއިއްޒަށް 400 މިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކުން ނެގުމަށް، ކުރަމުންދާ މަސައްކަތަށް މައުރޫފު ހުރަހަކަށް ވެގެން ނިންމި ނިންމުމެއް.
ކަމުގެ މައުލޫމާތު އެނގޭ އެޗްޑީސީގެ މުއައްޒަފަކު ދިޔަވަރު ނޫހަށް ކިޔައިދިނެވެ.
ލަނޑަޔާ ވާނީ ލަނޑާއަށެވެ. މުއިއްޒު ކަހަލަ ރަތްލާޖެހި ވަގަކަށް، މައުރޫފު ފަދަ ބޭފުޅަކު ގޮވައިގެން އުޅެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ދިވެހި ރައްޔިތުންނަށް ފެނިގެން މިދިޔައީއެވެ.