ޚަބަރު

ކުރިން ޑޮލަރުގެ އަގު އެރީ މަދު ވިޔަފާރިވެރިން ތަކެއްގެ ސަބަބުން. މިހާރު ހުރިހާ ޑޮލަރެއް ހުރީ ސީދާ މުއިއްޒު އަތުގައި!

ދިޔަވަރު
ކުރިން ޑޮލަރުގެ އަގު އެރީ މަދު ވިޔަފާރިވެރިން ތަކެއްގެ ސަބަބުން. މިހާރު ހުރިހާ ޑޮލަރެއް ހުރީ ސީދާ މުއިއްޒު އަތުގައި!

މީގެ ކުރިން ޑޮލަރުގެ ކަޅު ބާޒާރު އުފެދިފައިވަނީ ގާސިމް އިބްރާހިމް ފަދަ ބައެއް ވިޔަފާރި ވެރިންގެ ސަބަބުންނެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރުން %5 އޭރު ދިޔައީ ކަޅު ބާޒާރުގައި ވިއްކަމުންނެވެ. ނަމަވެސް އޭރު އުފެއްދި ކަޅު ބާޒާރުގައި އަގުތައް ހުރީ 16.70 ވަރުގައެވެ. އަދި އޭރު ރައްޔިތުން ބޭނުން ވަރަކަށް ކަޅު ބާޒާރުން ޑޮލަރު ލިބެއެވެ.

ޑޮލަރުގެ އަގު ދަށް ކުރާނެ ކަމަށް ބުނެ، ރިސޯޓު ވިޔަފާރިތަކުން ލިބޭ ޑޮލަރުގެ %20 ސަރުކާރަށް ނަގަން ނިންމީ މުއިއްޒުއެވެ. މިހާ ހިސާބުން އެއްވެސް ރިސޯޓަކަށް ކަޅު ބާޒާރުގައި ވިއްކާނެ ޑޮލަރެއް ނެއްތާގައި، މުއައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭ ވަރެއްވެސް ނުވިއެވެ.

ރިސޯޓުތަކުން ނަގާ ޑޮލަރު ހުރީ އެމްއެމްއޭގައެވެ. ސީދާ މުއިއްޒުގެ ބާރުގެ ދަށުގައެވެ. ޑޮކްޓަރަށް ދައްކަން ރާއްޖެއަށް ބޭރަށް ދާން ބޭނުން މީހާ ޑޮލަރު ނުލިބި ދަތުރު ލަސްވެ، ފުރާނައަށް ނުރައްކާ ވާ ހިސާބަށް ދާއިރުވެސް، ޑޮލަރު ކޮޅެއް ރައްޔިތުންނަށް ނުލިބޭ ގޮތަށް ޑޮލަރު ހިފަހައްޓައިގެން އުޅެނީ ސީދާ މުއިއްޒުއެވެ.

ކުދި ކުދި ވިޔަފާރި ވެރިން، މުދާ ގެންނަށް ބޭނުންވާ ޑޮލަރު 20ރގެ ރޭޓުންވެސް ނުލިބިގެން އެމީހުންގެ ވިޔަފާރިތައް ބަނގުރޫޓު ވަމުން ދަނީ ސީދާ މުއިއްޒު ޑޮލަރު ހިފަހައްޓައިގެން އުޅޭތީއެވެ.

ރާއްޖެއަށް ބޭނުންވާ ފިޔާ ފަދަ އަސާސީ ބާވަތްތައް ނުގެނެވިގެން އުޅެނީ ސީދާ ރައީސް މުއިއްޒު ޑޮލަރު ހިފަހައްޓައިގެން ހުރުމުންނެވެ.

ތަކެތީގެ އަގު އިންތިހާއަށް މަތިވެ، ވިޔަފާރީގެ ހާލަތު ދަށްވެ، ރައްޔިތުން ހާލުގައި ޖެހިފައި ވަނީ ރައީސް މުއިއްޒުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުންނެވެ.

ބޭންކަށް މާރު ކުރާ ޑޮލަރުގެ %90 ސަރުކާރުން ނެގުމަށްފަހު، ބޭންކުތަކަށް އެދެވޭ މިންވަރަކަށް ޑޮލަރެއް ނުދެއެވެ. އެކަން އެގޮތަށް އެމްއެމްއޭ އިން ކުރަނީ ރައީސް މުއިއްޒު އަންގައިގެންނެވެ. 2028 ނެގެން އޮތީ ރައްޔިތުން ވީހާވެސް ބޮޑަކަށް ނިކަމެތި ކޮށްގެންނެވެ.

އެމްއެމްގައި ހުރި ޑޮލަރުން މުއިއްޒު އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަމަކީ؛ ފުށިދިއްގަރުފަޅު ހިއްކާ ކުންފުނިތަކަށް ފައިސާ ދިނުމެވެ. މިއީ އެއްވެސް ރައްޔިތަކު ބޭނުންވާ ތަނެއް ނޫނެވެ.

ރައްޔިތުން މި ނިކަމެތި ކަމުން ސަލާމަތް ކުރުމަށް، މި ވެރިކަން ގާނޫނުގެ ތެރެއިން ނިމުމަކަށް ގެންނަން ޖެހެއެވެ.