ކޯޓު ތަކުގެ ޤާޒީން ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އަތްމަތީ އޮންނަ ކަމެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ބާރުތައް ޤާނޫނާއި ޚިލާފަށް ނަގައި، މަޖިލީހުގެ މެމްބަރުން ބްލެކްމެއިލް ކޮށްގެން ރައީސް މުއިއްޒު ދަނީ މަޖިލީހުން އޭނާ ބޭނުންހާ ކަމެއް ނިންމަމުންނެވެ.
ހައިކޯޓުގެ ގާޒީއަކަށް ގެންނަން މިފަހަރު މުއިއްޒު ނިންމީ ބުއްދި ހަމަ ނޫން، ސޭކު މީހެކެވެ. ހައިކޯޓަށް މުއިއްޒުގެ ނުފޫޒުން އައްޔަން ކުރަން އުޅޭ މުހައްމަދު ޝަހީދު އަކީ ރާ ބޮއެ ބޮއެ ގޮސް ހަމަ ބުއްދިއަށް އޭގެ އަސަރު ކޮށްފައި ހުންނަ މީހެކެވެ. މިއީ އާންމުކޮށް ޝަހީދު ދަންނަ އެންމެންނަށްވެސް އެނގޭ ކަމެކެވެ.
ޤާނޫނީ ވަކީލު ކަން ކުރުމުގެ ލައިސެންސް އޮތް މީހެއް ނަމަވެސް، މީނާއަކީ ޤާނޫނީ ވަކީލަކަށްވެސް، އެކަށީގެންވާ ވަރުގެ މީހެއް ނޫނެވެ. މީނާ ކޯޓުގައި ވަކާލާތު ކޮށްފައިވާ މަދު މައްސަލަތަކުން މިކަން ސާފުވެއެވެ.
އިނގިރޭސީ ގޮތުން ލިޔަން ދަތުމުގައި ގްރޭޑު 4ގެ ފެންވަރުވެސް މުހައްމަދު ޝަހީދުގެ ނުހުރުމުގެ އިތުރަށް، މީނާ އަކީ ޒާތީ ގޮތުން އަދި ލަދުވެތި ބަހުރުވައިން ސޯޝަލް މީޑިޔާގައި ސިޔާސީ ފަރާތްތަކަށް މައްލަވަ ކޮށް އުޅޭ ބޮޓެކެވެ.
މީނާ މިއީ ހައިކޯޓުގެ ގާޒީއަކަށް ރަނގަޅު މީހެއް ކަމަށް މުއިއްޒަށް ލަފާ ދީފައިވަނީ މިހާރުގެ ހޯމް މިނިސްޓަރ އިހްސާނެވެ. އިހްސާނަކީ އޭނާގެ އޮރިޔާން ފޮޓޯ އާންމުކޮށް ލީކްވެފައިވާ ރައްޔިތުންގެ ގަދަރާއި އިޚްތިރާމް ގެއްލިފައިވާ ފަރާތެކެވެ. އެންމެފަހުން ޝަހީދު މަސައްކަތް ކުރަމުން ދިޔައީ ހޯމް މިނިސްޓްރީގައެވެ.