ޚަބަރު

އާރުޑީސީއަށް މުއިއްޒު އައްޔަން ކުރި ނަޒީމް އަކީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފައިވާ ފަރާތެއް

ދިޔަވަރު
އާރުޑީސީއަށް މުއިއްޒު އައްޔަން ކުރި ނަޒީމް އަކީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފައިވާ ފަރާތެއް

އާރުޑީސީއަށް މުއިއްޒު އައްޔަން ކުރި ނަޒީމް އަކީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފައިވާ ފަރާތެކެވެ. އާރުޑީސީއަށް މުއިއްޒު، ނަޒީމް އައްޔަން ކުރީ 400 މިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކުން ނެގުމަށް ކުންފުނިތަކުގެ އެމްޑީއިން ބަދަލު ކުރި ކުރުމުގައެވެ. ނަޒީމް އަކީ މުއިއްޒު އާއި އަރިސް ފަރާތެކެވެ. އަދި ޔަގީނުންވެސް މުއިއްޒަށް ރިޝްވަތާއި ކޮރަޕްޝަންގެ ތެރެއިން އެތައް މިލިއަނެއް ގެނެސްދޭނެ ކަމަށް މުއިއްޒު އުންމީދު ކުރާ ފަރާތެކެވެ.

ނާޒީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2014 ވަނަ އަހަރު އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސެންޓަށްވާ ފައިސާދީ ނާޖާއިޒުފައިދާ ހޯދަދިން މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ވަރަށް ހެކި ހުރެގެންނެވެ.

7,494,200.00 ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމް އާއި ޗެއާމަން މުހައްމަދު ރިޔާޒް އާއި އަހުމަދު ރަޝީދު އަދި މުހައްމަދު އަލީދީދީ އަށް އެނގިހުރެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗާ އެޕްރޫވްކުރީ ވެސް އޭނާގެ އެ އަމަލުގެ ނަތީޖާ އެނގިހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހްގީގަށް ސާބިތުކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރު ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް ތަންތަނުގައި ވައްކަންކޮށްފައިވާ ބޮޑެތި ކުށްވެރިން އައްޔަން ކޮށް ރައްޔިތުންގެ ފައިސާ މިލިއަނުން ދިމްޔާތަށް ވައްދަމުންނެވެ.