ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫނާއި ޚިލާފަށް ވަކިކޮށް ކޯޓު މުށުތެރެއަށް ލުމަށްފަހު، މަސްތުވާ ތަކެއްޗާއި ގުޅުވައި މަރުގެ އަދަބު ތަންފީޒު ކުރަން އުޅެނީ ސިޔާސީ މީހުން ފްރޭމްކޮށް މަރަން؟

ދިޔަވަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫނާއި ޚިލާފަށް ވަކިކޮށް ކޯޓު މުށުތެރެއަށް ލުމަށްފަހު، މަސްތުވާ ތަކެއްޗާއި ގުޅުވައި މަރުގެ އަދަބު ތަންފީޒު ކުރަން އުޅެނީ ސިޔާސީ މީހުން ފްރޭމްކޮށް މަރަން؟

ރައީސް މުއިއްޒު ވަނީ ރައްޔިތުން މަޖިލީގެ ބާރުތައް ނަގާފައެވެ. އޭނާގެ ޕާޓީއަށް ނިސްބަތްވާ އޭނާ ބޭނުން މީހަކު މަޖިލީހުން ވަކި ކުރެވޭ ގޮތް ހަދާފައެވެ. މަޖިލީހުގައި އެއްވެސް މިނިވަން ކަމެއް ނެތެވެ. މަޖިލީހަކީ ރައީސް މުއިއްޒު ބްލެކް މެއިލް ކޮށްފައިވާ ތަނެކެވެ. އެތަނުން މިހާރު ފާސް ކުރާ ބިލް ތަކަކީ ޤާނޫނީ ބާރެއް އެއަށް ލިބިދޭ ރައްޔިތުންގެ ބަހެއް އޭގައި އޮތް ބިލެއް ކަމަށް ނުވެސް ބެލެވޭނެއެވެ. މި ގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް މުއިއްޒަށް ކުރުނީސް ކުރާ މީހުން އައްޔަން ކޮށްފައިވަނީވެސް މަޖިލީސް ބްލެކްމެއިލް ކޮށްގެންނެވެ.

ސުޕްރީމް ކޯޓުގެ ބާރުތައް މިހަމައިން އަތުލައި، 3 ބާރު ވަކި ވެފައިވާ ޤާނޫނީ ދައުލަތުގެ ހުރިހާ ބާރެއް ސަރުކާރަށް ނެގުމުގެ އިތުރަށް، ޤާނޫނާއި، ޤާނޫނު އަސާސީގައި ބުނާ ވެރިކަމުގެ ސައްޙަކަން ގާއިމު ކޮށްދޭ ހުރިހާ ކަމަކާއި މުއިއްޒު ޚިލާފު ވުމުގެ ސަބަބުން، ޤާނޫނީ ވެރިކަމުގެ ސައްޙަކަން ގެއްލި ގަދަ ބާރުން ވެރިކަމުގައި ހުރި މީހަކު މަރުގެ ހުކުން އިއްވަން ނުކުތުމަކީ ބޭނުން ރައްޔިތެއް މަރަން ލައިސެންސް ހޯދަން ނުކުތުމެވެ.

ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ފުނޑާލައި، މާތްރަސްކަލާންގެ އާއި މެދު އެއްވެސް ބިރުވެރި ކަމެއް ނެތި، ރޯ ބުހުތާނު ދޮގު ހަދައި، މިލިއަނުން ދައުލަތް ލޫޓުވައި، ރައްޔިތުން ގަސްތުގައި ފަގީރުކޮށް ނިކަމެތި ކުރަމުންދާ މީހަކު، މަސްތުވާތަކެތިން ރައްޔިތުން "ސަލާމަތް" ކުރުމުގެ ނަމުގައި ސިޔާސީ މީހުން މެރުމަކީ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫނެވެ. އެކަން އެފެށީ އެއުސޫލުންނެވެ. މިކަމަށް ސަނާ ކިޔާ ވާގި ދޭން ތިބީ، ރައީސްް މުއިއްޒުގެ އަނިޔާވެރިކަން ދަމަހައްޓަމުންދާ ސަލަފުގެ މީހުންނާއި، ވަޒީފާގައި ތިބި 10،000 މީހުންނެވެ.

ވައްކަމަށް މިވަރަށް ދެވި ހިފާފައިވާ މީހުން މީގެ ކުރިން އެހެން މީހުން ފްރޭމް ކޮށްފައި ވެއެވެ. އަދީބު ވަނީ ބަގީ ނާޒިމް ފިސްތޯލެއް ގެންގުޅުނު ކަމަށް ފްރޭމްކޮށްފައެވެ. މިއަދު މުއިއްޒު އަކީ އަދީބަށް ވުރެ، މާ ބޮޑަށް ވައްކަން ކޮށްފައިވާ މާ ގިނަ ފައިސާ ނަގާފައިވާ ބޮޑު ވަގެކެވެ.