ޚަބަރު

އެޗްޑީސީ އަށް މުއިއްޒު އައްޔަން ކުރި ޒުހައިރު، އާރުޑީސީގައި ހުރެ އެއްވެސް ޕްރޮޖެކްޓެއް ނިންމާފައެއް ނުވޭ!

ދިޔަވަރު
އެޗްޑީސީ އަށް މުއިއްޒު އައްޔަން ކުރި ޒުހައިރު، އާރުޑީސީގައި ހުރެ އެއްވެސް ޕްރޮޖެކްޓެއް ނިންމާފައެއް ނުވޭ!

އެޗްޑީސީ ގައި ރަނގަޅު އެމްޑީއެއް (މައުރޫފު) ހުއްޓާ، އަވަސް އަރުވާލައިގެން އޭނާއަށް ރިޓަޔަރމެންޓްވެސް ނުދީ ވަކިކޮށް، މުއިއްޒު ބޭނުންވާ ގޮތަށް ސިއްރުން ވައްކަން ކުރުމަށް، އެޗްޑީސީގެ އެމްޑީ ކަމަށް އައްޔަން ކުރި ޒުހައިރު، އާރުޑީސީގައި ހުރެ ހަމަ އެންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައި ނުވާކަން ދިޔަވަރު ނޫހުން ބެލި ބެލުމުގައި ފާހަގަ ކުރެވިއްޖެއެވެ. ޒުހައިރު އަކީ އެހާމެ ނާގާބިލު، އިންތިހާއަށް ކޮރަޕްޓް ފަރާތެކެވެ.

ގިނަ ޕްރޮޖެކްޓްތަކެއް އާރުޑީސީ އާއި ހަވާލު ކުރެވުނު ނަމަވެސް، މަސައްކަތް އޭނާ ކުރަމުން ގެންދިޔައީ އެ ޕްރޮޖެކްޓްތައް ސަބް ކޮންޓްރަކްޓަށް ދީގެން ކަޓެއް ނެގޭނެ ގޮތެއް ހޯދުމަށެވެ. މި ގޮތުން ރައްޔިތުން ނިކަމެތިކޮށްގެން ހޯދާފައިވާ ހަރާން ފައިސާ ރައީސް މުއިއްޒުގެ ސިޔާސީ ކަންކަމަށް ޒުހައިރު ވަނީ ދީފައެވެ. އެޗްޑީސީގެ މަގާމު އޭނާއަށް ހަމަ ޖެހުނީ މި ވައްކަމުގެ ތެރެއިންނެވެ.

އާރުޑީސީ އާއި ހަވާލު ކޮށް ނުނިންމާ ހުރި ބައެއް މަސައްކަތްތައް:

ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް (މި މަސައްކަތް ވަނީ ބޭރުގެ ކުންފުންޏެއް އަތުން ރިޝްވަތު ނެގުމަށްފަހު އެކުންފުންޏާއި ހަވާލު ކޮށްފައި) ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ

އައްޑޫ ލިންކު ރޯޑާއި ހައިވޭ ހެދުމުގެ މަޝްރޫއު (އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ)

ޕީއެސްއެމްގެ މަރާމާތުގެ މަސައްކަތްތައް (ނިންމާފައެއް ނުވޭ)

23 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުން (ފަށާފައެއް ނުވޭ)

ދެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އެޅުން (ފަށާފައެއް ނުވޭ)

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު (ފަށާފައެއް ނުވޭ)

20 ފުލުސް އިމާރާތް އެޅުން (ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުކުރޭ، ނިންމާފައެއް ނުވޭ)

މެދު ރާއްޖެ ތެރޭ 7 ރަށެއްގައި މަގު ހެދުން (ނުނިމޭ)

ވިލިމާލެ މަގު ހެދުން (އަދިވެސް ސާވޭ ކުރުމުގައި)

ހަމަ އެންމެ މަސައްކަތެއްވެސް ނިންމާފައި ނުވާއިރު، އާރުޑީސީ އާއި ހަވާލުކޮށްގެން ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ތަކުގެ ތެރެއިން ފުރަމަތަ 25 ޕްރޮޖެކްޓް ހުއްޓާލުމަށްފަހު، އިތުރު 20 ޕްރޮޖެކްޓް ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ހޯމް މިނިސްޓަރު އަލީ އިހްސާނު އަންގައިގެން އާރުޑީސީ އެމްޑީއަކަށް ހަމަޖައްސާފައި ހުރި ޒުހައިރުގެ ނާގާބިލުކަން ހުރި މިންވަރުގެ ކުޑަ މިސާލެކެވެ. ވީހާވެސް ނާގާބިލު ނަމަވެސް، ވައްކަމަށް ފަރިތަ މީހަކު ނޫނީ އެޗްޑީސީއަށް ނުލުމަށް މައުރޫފު ޖަމީލު ނަގައި އެއްލާލުމަށް ފަހު އެޗްޑީސީ އަށް މި ގެނައީ ރަތްލާޖެހި ބޮޑު ވަގެކެވެ.

ސަރުކާރު ކުންފުނިތަކުން 400 މިލިއަން ލޯކަލް ކައުންސިލް އިންތިހާބަށް މުއިއްޒު އަށް ހޯދައި ދިނުމަށް ބޭނުން ވާއިރު، އެޗްޑީސީއިން ވައްކަން ކޮށްގެން ނެގުމަށް ޒުހައިރު އަށް ޝަރުތު ކޮށްފައިވާ ވަރު ދިޔަވަރު ނޫހުން މިދަނީ ހޯދަމުންނެވެ.