ޚަބަރު

އެއަރޕޯޓްގައި ބަންގި ގޮވަން ނިންމި ކަމަށް ބުނެ ޓްވީޓް ކުރިއިރު، މާލޭގެ ހުރިހާ މިސްކިތެއްގައި ބަންގި ބާރަށް ގޮވުން މުއިއްޒު އޮތީ މަނާ ކޮށްފައި

ދިޔަވަރު
އެއަރޕޯޓްގައި ބަންގި ގޮވަން ނިންމި ކަމަށް ބުނެ ޓްވީޓް ކުރިއިރު، މާލޭގެ ހުރިހާ މިސްކިތެއްގައި ބަންގި ބާރަށް ގޮވުން މުއިއްޒު އޮތީ މަނާ ކޮށްފައި

އެއަރޕޯޓްގައި ބަންގި ގޮވަން ނިންމި އިރު، މާލޭގެ ހުރިހާ މިސްކިތެއްގައި ބަންގި ބާރަށް ގޮވުން ރައީސް މުއިއްޒު އޮތީ މަނާ ކޮށްފައެވެ. ރަސްމީކޮށް މުދިމުންނަށް ބަންގި ބާރަށް ނުގޮވުމަށް ވަނީ އަންގާފައެވެ. މިކަން އަންގާފައިވަނީ ރައީސް މުއިއްޒު އާއި މަޝްވަރާ ކުރުމަށްފަހު، އިސްލާމިކް މިނިސްޓްރީއިންނެވެ. މިކަން މި ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުއެވެ.

މިސްކިތުގައި ބާރަށް ބަންގި ގޮވުން މުއިއްޒު އަންގައިގެން ހުއްޓާލުމާއި ގުޅިގެން ސޯޝަލް މީޑިޔާ އަދި މީޑިޔާގައި އެކަމާއި ނުރުހުން ފާޅު ކުރުމުން އިސްލާމިކް މިނިސްޓަރ ޝަހީމް ވަނީ ބަންގީގެ އަޑު މަޑު ކުރުން ދިފާޢު ކޮށް ވާހަކަވެސް ދައްކާފައެވެ.

މުއިއްޒު އަކީ އިސްލާމް ދީން ބޭނުން ކޮށްގެން، ސިޔާސީ ކަންކަމުން ފައިދާ ނަގާ މަކަރުވެރިއެކެވެ. މާ ދީންވެރި މީހެއް ކަމަށް ބޭރު ފުށުން ދައްކައިގެން، މާތް ރަސްކަލާންގެއަށް އެއްވެސް ބިރުވެރި ކަމެއް ނެތި، މަޖިލީސް މެމްބަރުންނަށް ރިޝްވަތުދީ، ސުޕްރީމް ކޯޓު މުށުތެރެއަށް ލައި، ހައިކޯޓަށް ފަނޑިޔާރަކަށް ސޭކު މީހެއް އައްޔަން ކުރަން އަންގާފައިވާ ސީދާ މުނާފިގުންގެ ސިފަތައް އިންތިހާއަށް ހުރި ނުބައި މީހެކެވެ.

މުއިއްޒުގެ ނުބައިކަން ހުންނަ މިންވަރަކީ ދައުލަތުން ވައްކަން ކޮށްކޮށް ރައްޔިތުންގެ އަތްމަތި ދަތިވެ، ނިކަމެތި ވަމުންދާއިރުވެސް، ﷲ ގަންދީ ދޮގުހުވާކޮށް، މުތުލަގަށް ދޮގު ހެދުން މަތީ ދެމިހުންނަ މީހެކެވެ.

ދިވެހި ރައްޔިތުންނަށް މުއިއްޒު ސިފަވެގެން ދަނީ، މާތް ރަސްކަލާންގެ ދިވެހިންގެ މައްޗަށް ފާ ކުރައްވާފައިވާ ބޮޑު މުސީބާތެއް ގޮތުގައެވެ.