ޚަބަރު

ޝިއުނާ ލީ ފޮޓޯއަށް ދެއްކުން ތެރިކަން ބޮޑުކަމަށް ބުނެ އާންމުންގެ ފާޑުކިޔުން 

ދިޔަވަރު
ޝިއުނާ ލީ ފޮޓޯއަށް ދެއްކުން ތެރިކަން ބޮޑުކަމަށް ބުނެ އާންމުންގެ ފާޑުކިޔުން 

މާ ދީނީ މީހެއް ކަމަށް ދެއްކުމަށް ޝިއުނާ ސޯޝަލް މީޑިޔާއަށް ލީ ފޮޓޯއަށް، ދެއްކުން ތެރިކަން ބޮޑުކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ޓްވިޓަރގައި ޚައިރާ ކިޔާ އެކައުންޓަކުން ޓްވީޓް ކޮށްފައިވާ ގޮތުގައި

މާތްﷲ ދެއްކުންތެރިން ދެކެ ލޯބިވެ ވޮޑިގެން ނުވޭ. ތަގުވާ ވެރިކަމަކީ ފޮތިން ދައްކާ އެއްޗެއް ނޫން. އެއީ ހިތުގައި އޮންނަ ކަމެއް. އަދި ޝިއުނާގެ ހިތް ހުތުރު ކަމަށް.

އޭނާ އިނގިރޭސިން ޓްވީޓްކޮށްފައިވެއެވެ. އަދި ކީރިތި ގުރުއާނުގެ އާޔަތެއް އިތުރަށް ލިޔެފައިވެއެވެ.

އުޅުމާއި އަޚްލާގުން މީހާގެ ނުބައިކަން ހައްދުފަހަނަ އަޅައި، މުޅި ޤައުމަށް އެމީގެއްގެ އުނދަގޫ ޖެހި، އެތައް މިލިއަން ޑޮލަރަކުން މުޅި ދިވެހި ޤައުމަށް ގެއްލުން ދީފައިވާ ޝިއުނާ އޭނާގެ ނުބައި އަމަލުތައް ވަންހަނާ ކޮށް، މަތި ޖެހުމަށް އަބާޔާ ބޭނުން ކޮށް، އަބާޔާގެ ގަދަރާއި މާތް އިއްޒަތް ޝިއުނާ ނަގާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ އެކި ގޮތް ގޮތުން ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.

މުއިއްޒުގެ ސަރުކާރުން 12 ހާހަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީ، ޕްރައިވެޓް ސެކްޓަރ އާއި ވިޔަފާރިތައް އެއީ ޤައުމުގެ ހަތުރުން ކަމަށް ހަދައި، ވައްކަމާއި، ކޮރަޕްޝަން އިންތިހާއަށް އިތުރުކޮށްފައި ޝިއުނާ ފަދަ ފަރާތްތަކުން އެކަހަލަ ލާދީނީ ކަނޑައެޅިގެން މާތްﷲ ޚަރާން ކުރައްވާފައިވާ ކަންކަމަށް ތާޢީދުކޮށް މުއިއްޒުގެ އަނިޔާވެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުންނެވެ.

ރައީސް ކަމުގައި ޤާނޫނީ ހަމަތަކުން ބޭރުން ހުރި މުއިއްޒުގެ އަމަލުތަކުގެ ސަބަބުން މުޅި ޤައުމަށް ލިބޭ ގެއްލުމުގެ އިތުރަށް މުޅި ރާއްޖެއަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުންތަކެއް ވަމުން ދާކަން ހުދު ޝިއުނާވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ގަސްތުގައި އާންމު ރައްޔިތުން މި ނިކަމެތި ކުރަމުންދާ ސަރުކާރުގެ ތައްޕާހުން ޝިޔުނާ އުޅެމުން ދަނީ، ދިރިއުޅެމުންދާ ލަގްޒަރީ އަގު ބޮޑު ދިރިއުޅުން ނެގެހެއްޓޭނެ އިތުރު ގޮތެއް ނެތުމުންނެވެ.

އިސްލާމީ ނަޒަރުން ބަލާއިރު، މިއިން ދައްކައި ދެނީ އީމާން ތެރިކަމުގައި ހުރި ނިކަމެތި ކަމާއި، އަމިއްލަ މަންފާއަށް ބޮޑެތި ފާފަތަކަށް ޝިއުނާ އަރަމުން ދާތަނެވެ. މިކަމުގެ ނުރުހުން ޝިއުނާއަށް ކުރިމަތި ނުވާ ދިމާލެއް، ރާއްޖޭގައި މިއަދު ނެތެވެ. ނިކަމެތި ރައްޔިތުންނެއް މުއިއްޒެއް މުއިއްޒުގެ އަޅު ޝިއުނާއެއް މިއަދަކު ބަލައެއް ނުގަނެއެވެ.

ނުބައި ނުލަފާ ދުލަކާއި ހަޑި މުޑުދާރު އުޅުމެއް އިސްލާޙެއް ނުވާނެ މަތި މައްޗަށް ބުރުގާ އެޅިޔަސް. ލަޑަޔާ ވާނީ ލަޑަޔާއަށް. ފުރިހަމަ ތައުބާއަކުން ތައުބާވެ ދައުލަތުން ޙަރާމަށް ކެއި ފައިސާ ރައްދުކޮށް އުޅުން އިސްލާޙް ކުރޭ.

އެހެން ފަރާތަކުން ޓްވީޓް ކޮށްފައިވެއެވެ.

ޝިއުނާއަށް ފާޑު ކިޔާތީ، ސޯޝަލް މީޑިޔާގައި ޝިއުނާ އުޅެނީ ސަތޭކަ އެތައް ބަޔަކު ބްލޮކް ކޮށްގެންނެވެ.

ނޯޓް: ދިޔަވަރު ނޫހުން ނިވާކަން ބޮޑުކޮށް މޮޑެސްޓްކޮށް ހެދުން އެޅުމަށް އަބަދުވެސް ހިއްވަރު ދެން.