ކައުންސިލް އިންތިހާބަށް 240 މީހަކަށް އައިޖީއެމްއެޗް އިން ސިޔާސީ މަގާމު މުއިއްޒު ހަމަ ޖައްސައިފިކަމަށް ދިޔަވަރު ނޫހުން އައިޖީއެމްއެޗުން މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ހާމަ ކޮށްފިއެވެ.
މި ގޮތުން ބައެއް މީހުންނަށް ވަޒީފާ ދީފައިވަނީ އައިޖީއެމްއެޗް ތެރޭގައި ބަލި މީހުން އެއް ޑިޕާޓްމެންޓުން އަނެއް ޑިޕާރޓްމެންޓަށް ދާނެ ގޮތް ދައްކަން ބުނެ ކަމަށާއި، އަލަށް ނެގި މީހުން ތިބޭނެ ތަނެއް ނެތި، އައިޖީއެމްއެޗް ތެރޭގައި ގިނަވެ، ބަލި މީހުންނަށް އުނދަގޫ ވަމުން ދާކަމަށް އޭނާ ހާމަ ކުރިއެވެ.
ކައުންސިލް އިންތިހާބަށް 240 މީހަކަށް އައިޖީއެމްއެޗް އިން ސިޔާސީ މަގާމު މުއިއްޒު ހަމަ ޖައްސާފައިވާއިރު، މިހާތަނަށް 12000 ވުރެ ގިނަ ސިޔާސީ މަގާމު މުއިއްޒު ވަނީ ހަމަ ޖައްސާފައެވެ.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މި 12،000 މީހުންނެވެ. މި މީހުންގެ މުސާރަ ދޭން ޖެހި، ޤައުމަށް ޖެހިފައިވާ އެއްވެސް މައްސަލައަކަށް ހައްލު ހޯދުމަށް ފައިސާ އެއް ނުހުރެއެވެ. މި މީހުން ދައުލަތުން ކުރަމުންދާ ވައްކަމުގެ ސަބަބުން އިތުރަށް ރައްޔިތުންގެ ފައިސާ ހުސްވެ، މުޅި ޤައުމުގައި އަޅާފައިވާ ލޭ ބޯ ކަތުރު ފަނިތަކަކަށް ސިޔާސީ ވަޒީފާތައް ވަނީ ވެފައެވެ.
ސިޔާސީ ވަޒީފާ ދީގެންނާއި، ބާކީ ތިބި ރައްޔިތުންނަށް ރިޝްވަތު ދީގެން ވޯޓު ގަނެގެން ކުރިއަށް އޮތް އިތުރު 20 އަހަރު ވެރިކަމުގައި ހުންނަން މުއިއްޒު ވަނީ ނިންމާފައެވެ.