ޚަބަރު

މާތްﷲ ކޯފާ ފޮނުއްވި ސަދޫމުގައިވެސް، ބުއްދި ސަލާމަތުން ނެތް މީހަކަށް ގާޒީ ކަމެއް ނުދޭ

ދިޔަވަރު
މާތްﷲ ކޯފާ ފޮނުއްވި ސަދޫމުގައިވެސް، ބުއްދި ސަލާމަތުން ނެތް މީހަކަށް ގާޒީ ކަމެއް ނުދޭ

މާތްﷲ ކޯފާ ފޮނުއްވި ސަދޫމުގައިވެސް، ބުއްދި ސަލާމަތުން ނެތް މީހަކަށް ގާޒީ ކަމެއް ނުދެއެވެ. ނަމަވެސް ރާއްޖޭގެ ހައިކޯޓަށް ބުއްދީގެ އެތައް މައްސަލަތަކެއް ހުންނަ، ނަފްސާނީ ގޮތުން ނުކުޅެދޭ ސޭކު މީހެއް އައްޔަން ކުރަން މުއިއްޒު ކުރަމުންދާ މަސައްކަތަކީ މުއިއްޒުގެ ނުބައިކަން ސަދޫމުގައި އޭރު އުޅުނު އެންމެ ނުބައި ވެރިންނަށް ވުރެ ބޮޑުކަން ފެނިގެންދާ ސާފު ދަލީލެކެވެ. މިއީ ލިޔެވިފައިވާ، ނުވަތަ އެނގެން އޮތް އިންސާނީ ތާރީޚުގައި، ބުއްދީގެ މައްސަލަ ހުރި މީހެއް، އާންމު ރައްޔިތުންނަށް އިންސާފު ހޯދަދޭ ކޯޓަކަށް އައްޔަން ކުރާ ފުރަތަމަ ފަހަރުއެވެ. ޝަހީދަކީ ބުއްދީގެ މައްސަލަ ހުންނަ މީހެއްކަން ޕީޕީއެމް ގައި އުޅޭ ކުދި ބޮޑު އެންމެންނަށް އެނގެއެވެ.

ސަދޫމަކީ އިންސާފުން ބޭރުން ހުކުން އިއްވުމުގައި އަރާހުރި ތަނެކެވެ. އެތާގައި އެހެނިހެން ބޮޑެތި މުންކަރާތްތައް ހިނގައި، ފާހިޝި އަމަލުތައް ދިޔައީ އިތުރުވަމުންނެވެ. މި ގޮތުން އެއް ޖިންސުން ގުޅުން ހިންގުން ހިމެނެއެވެ. އެއީ ލޫތުގެފާނަށް ތަބާނުވެ، އިސްލާމް ވީ މަދު މީހުން ކޮޅަށް ފުރައްސާރަ ކުރި ބަޔަކު ތިބި ނުބައި ކަމުގައި އަރާ އޮތް ޤައުމެކެވެ.

ލޫތުގެ ފާނުގެ ދައުވާ ގަބޫލު ނުކޮށް އެމީހުންގެ ބޭއިންސާފާއި، ފާހިށު އަމަލު ތަކުގައި ދެމިތިބުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ މާތްﷲ އެޤައުމަށް ކޯފާ ފޮނުވައި އެމީހުން ނެތި ކުރުމެވެ.

ކީރިތި ގުރުއާން ނަގައި ތިމަންނާ އަށް ދޭށޭ، ﷲ ގަންދީ ހުވާ ކުރާނެ ކަމަށް ބުނެ ޖުޑިޝިއަރީއަށް ތިމަންނާ ނުފޫޒު ނުފޯރުވާކަމަށް ބުނެ މުރުތައްދު ވާހެން އުޅެ، ފާޅުގައި ކޯޓުތަކަށް އަތް ބާނައި، ބުއްދި ސަލާމަތުން ނެތް މީހެއް ކޯޓަށް އައްޔަން ކުރަމަށް މުއިއްޒު މަސައްކަތް ކުރަމުން ދަނީ އޭނާގެ ކިބާގައި އިސްލާމް ކަމާއި، ﷲ އަށް ބިރިވެތި ވުމުގައި ޒައްރެއްގެ މިންވަރުވެސް ނެތިގެންތޯ ހިތަށް އަރައެވެ. މިހާ ބޮޑެތި މުންކަރާތްތަކަށް އަރަން އެއްވެސް ޖެހިލުމެއް މުއިއްޒުގެ ކިބައިން ނުފެންނަކަމީ އިސްލާމީ ޤައުމެއް ގޮތުގައި އޮވެ، ދިވެހި ކޮންމެ ރައްޔިތަކު އެކަމާއި ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ހުރިހާ ނުބައި ކަމަކަށް އަރައިގަތުމުގައި މުއިއްޒަށް އެހީތެރިވަމުން ދަނީ ސަލަފުންނެވެ. އެމީހުންގެ ފަރާތުން މުއިއްޒުގެ ނުބައި އެއްވެސް އަމަލަކަށް ނަސޭހަތެއްހާ މިންވަރުވެސް ނުދޭތާގައި މި ނުބައިވެރިކަން ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ސަލަފުގެ ވެރިންނެވެ.

ޤައުމުގައި ދިރިއުޅެން ބިރުގަންނަ ވަރަށް މުއިއްޒުގެ މުންކަރާތްތައް އިތުރުވެ، ޤައުމުގެ ވެރިއަކަށް ހުރި ފަރާތް ހަދާ ދޮގުތަކުން ރައްޔިތުން ބިރުން ފިއްކަނޑައިގެން ދާ ހިސާބުގައި ހުރި އިރުވެސް، މުއިއްޒު ދަނީ ހީލަތާއި މަކަރާއި އަނިޔާއާއި ވައްކަން މެކުހަށް ޖަހަމުންނެވެ.

ސަދޫމަށް މާތްﷲ ފޮނުއްވި ކޯފާއިން އިބްރަތް ލިބިގަތުމަކީ މިއަދު ދިރިތިބީންގެ މައްޗަށް އޮތް ވާޖިބެކެވެ. ކީރިތި ގުރުއާނުގައި އެވާހަކަ ތައް އައިސްފައި އެވަނީ އެހެންވެ ކަމަށް އިލްމުވެރިން ހާމަ ކުރެއެވެ. ނަމަވެސް ރައްޔިތުންގެ މައްޗަށް ބޭއިންސާފު ގެނައުމަށް، މުއިއްޒު ބުނިހާ ގޮތަކަށް ހަދާނެ، ބުއްދި ސަލާމަތުން ނެތް ސޭކު މީހެއް (ޝަހީދު) އައްޔަން ކުރާ ކުރުމަކީ މުއިއްޒުގެ ލާދީނީކަން އިތުރު ހަރުފަތަކަށް ދާ ކަމެކެވެ. އަދި މުއިއްޒުގެ ލާދީނީކަން ފާޅު ކަންބޮޑުކޮށް ރައްޔިތުންނަށް މާތްﷲ ފާޅު ކުރައްވާ ކުރެއްވުމެއްވެސް މެއެވެ.