ޚަބަރު

މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު, ޖެހިގެން އައި 2 މަސް ތެރޭ ބާރަށު މައިކު ޝުޖާއު ދައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލު!

ދިޔަވަރު
މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު, ޖެހިގެން އައި 2 މަސް ތެރޭ ބާރަށު މައިކު ޝުޖާއު ދައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލު!

ތިރީމިވަނީ ދައުލަތުގެ މާލިއްޔަތުން މާބަރަށު މައިކު އިބުރާހިމް ޝުޖާއު 41 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ކުރު ޚުލާސާއެކެވެ. މި ބޮޑު ޖަރީމާ އޭނާ ހިންގާފައިވަނީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ވަޒިފާގައި ހުރި އޭނާގެ ދެބޭންގެދެދަރު މުހައްމަދު ނާފިޒުއާއި ގުޅިގެންނެވެ. އަދި މި ޖަރީމާގައި އެމްއެންޑީއެފްގެ ސުވެކްވެސް ޝާމިލްވާކަން ފާހަގަ ކޮށްލެވެއެވެ.

މި މައުލޫމާތު ހާމަވެފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް ރިޕޯޓުންނެވެ. މި ރިޕޯޓަކީ, ބާރަށު މައިކު ޝުޖާއުގެ ދައުލަތުގެ މާލިއްޔަތުން މި ފައިސާ ލޫޓުވާލި ގޮތުގެ ތަފްސީލުތައް ހާމަކޮށް އެމުވައްސަސާއިން އިތުރަށް ތަހުގީގު ކުރުމަށް މޮލްޑިވްސް ޕޮލިސް ސާވިސްއަށް ފިނުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް މިއަދާއި ހަމައަށްވެސް ފުލިހުން ތަހުގީގު ކޮށްފައެއް ނުވެއެވެ.

އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް

ފުލުހުންގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ލީކު ކޮށްލައިފިއެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.

23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:

  • މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް "އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް"އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
  • ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
  • މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައިވެއެވެ.
  • ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް "އޮފިޝަލް އިވެންޓްސް" އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ "ކުއިކް ޝުއަރ" އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ.

ބިލް ކުރުމުގެ މައްސަލަ:

  • ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
  • ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
  • އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.

ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:

  • ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
  • ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
  • ސްޕީޑް ބޯޓެއް ގަތުމަށް
  • ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް

ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:

  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2

ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)

  • ސިވެކުން: 15,496,969.41 ރުފިޔާ
  • ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
  • މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)

ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.

މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.