ޚަބަރު

މުއިއްޒު ވެރިކަމަށް ހުވާ ކުރީ ސަރުކާރުން ވައްކަން ކުރަމުން

ދިޔަވަރު
މުއިއްޒު ވެރިކަމަށް ހުވާ ކުރީ ސަރުކާރުން ވައްކަން ކުރަމުން

އިއްޔެ ލީކުވި ޝުޖާޢު އާއި ގުޅުންހުރި ތަހުގީގީ އިންޓެލިޖެންސް ރިޕޯޓުން ހާމަވެގެން ދިޔަ އެންމެ ބޮޑު އެއްކަމަކީ ވެރިކަމަށް ހުވާ ކުރި ވަގުތު، މުއިއްޒު ސަރުކާރުން ވައްކަންކޮށްކޮށް ހުރި ކަމެވެ.

އެވައްކަން ކުރިއަށް ގެންދިޔައީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށެވެ. އެހާ ބޮޑު އަދަދެއް ހުވާ ކުރުމުގެ ރަސްމިއްޔާތަކަށް ތަޅާ ބުރުވާލުމުން، އޭރުވެސް ފާޑު ކިޔުންތައް ދިޔައީ އަމާޒު ވަމުންނެވެ. 23.03 މިލިއަން ރުފިޔާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ތަޅާ ބުރުވާލުމުން ރައްޔިތުން ތިބީ އެކަމާއި ނުރުހުންވެފައެވެ. ނަމަވެސް އޭރަކު އެއީ މުއިއްޒު ޝުޖާޢު ބޭނުންކޮށްގެން ދައުލަތުގެ ފައިސާއިން ހިންގާލި ބޮޑު ވައްކަމެއް ކަމެއް ނޭނގެއެވެ. އެކަން އެނގިގެން މި ދިޔައީ ލީކު ވެފައިވާ އިންޓެލިޖެންސް ރިޕޯޓުންނެވެ.

މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރުމުގައި ޝުޖާޢުގެ ކުންފުނީގެ ބަޔަކު އުޅޭ ތަނެއް ނުފެނެއެވެ. ހުރިހާ މަސައްކަތެއް ކޮށްފައިވަނީ، އެމްއެންޑީއެފްގެ ޖޫނިޔާރ ކުދިން ލައްވައެވެ. ހޭހަން ކުރީ އެމްއެންޑީއެފްގެ އޮފިސަރުންނެވެ. 23.03 މިލިއަން ނެގީ އެމްއެންޑީއެފް ބޮޑުންނާއި، މުއިއްޒަށް ބައި އެޅޭ ގޮތަށް ޝުޖާޢުއެވެ.

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ޤާނޫނު އަސާސީ ނަގަހައްޓައި، ރައްޔިތުންގެ ހައްޤުތަކަށް އަރައި ނުގަންނާނެ ކަމުގެ ހުވާ ކުރަމުންދިޔަ އިރު ހުންނެވީ ދައުލަތް ލޫޓުވުމުގައެވެ. އެތައް ސަތޭކަ ޤައުމެއްގެ އިއްޒައްތެރިން ވަޑައިގެން އިންނެވި ރަސްމިއްޔާތަކީ ވައްކަމުގެ މަރުކާއަކަށް މުއިއްޒު ހަދާލި ގޮތުން، މުއިއްޒަކީ އިންސާނީ ކަރާމާތާއި، އިންސާނީ އެއްވެސް ހަމައެއް އުސޫލެއް ޤަބޫލު ނުކުރާ މޯރަލީ ކޮރަޕްޓް، އިންސާނީ ސިފަ ގެއްލިފައިވާ މީހެއްކަން ސާފުކޮށް އެނގިގެން ދެއެވެ.

5 އަހަރެއްގެ ދައުރެއް ނިމެންދެން، ވެރިކަމުގައި މުއިއްޒު ބަހައްޓައިގެން އެއްވެސް ރައްޔިތަކަށް ވާނެ ހަގީގީ މަންފާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ. ލިބޭނީ އަނިޔާއެވެ. ޤާނޫނީ ހަމަތަކުގެ ތެރެއިން މި ވެރިކަން އަވަހަށް ނުނިންމައިފިނަމަ، ދިވެހި ރާއްޖެއެއް ނޯންނާނެއެވެ. އެކަމަށް އިނދިކޮޅު އެމްޑީޕީ މަސައްކަތް ކުރާތަން ނުފެނުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑު ވުމެވެ.