ހުޅުމާލޭގެ އިސްވެރިންތަކެއް ދަންވަރު ގަޑީގައި، އެއަޕޯޓްސް ކޮމްޕެނީއަށް ހާޒިރުކޮށް، މުއިއްޒު އަންގައިގެން ތައްޔާރު ކޮށްފައިވާ އެއްބަސް ވުމެއްގައި ސޮއެކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އެޗްޑީސީގެ ބޯޑުގެ އެއްވެސް ރުހުމެއް ނެތި، ސޮއެކޮށްފައި ވާ މި އެއްބަސްވުމުގައި ވާ ގޮތުން އެޗްޑީސީއިން ތަރައްޤީ ކުރަމުންދާ އަދި އެ ކުންފުނީގެ ދަށުގައިވާ، ހުޅުމާލޭގެ 3ވަނަ ފޭސް އެއަރޕޯޓްސް ކޮމްޕެނީއަށް ދެނީއެވެ. މިއީ އެއްބަސްވުމެއްގައި މިހެން ސޮއެ ކޮށްގެން ކުންފުނީގެ މިވަރުގެ އެސެޓެއް ގެންދެވޭނެ ގޮތެއް ނޫނެވެ. އެ އަގު ކޮށް، އެ ފައިސާ ދެއްކުމުން ނޫނީ މިފަދަ މުއާމަލާތެއް ހިންގުމަކީވެސް ޤާނޫނާއި ޚިލާފު ކަމެކެވެ.
ހުޅުމާލޭގެ ފޭސް 3 ގެ އިތުރުން، އެއަރޕޯޓްސް ކޮމްޕެނީއަށް ނަގާފައިވަނީ، ގިރާވަރު ފަޅެވެ.
މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު ދަނީ، ސީއެމްސީސީ (ރާޖޫ) ގެ ކުންފުންޏަށް އަލުން މިތަން ހިއްކަން ކޮރަޕްޝަންގެ ތެރެއިން ދިނުމަށް ނިންމާފައެވެ. އާންމުކޮށް މިތަން ހިއްލުމަށް ކިޔުބިކް މީޓަރަކަށް 8 ޑޮލަރު ދާއިރު ރާޖޫއަށް މިތަން ހިއްކަން ދޭން ނިންމާފައިވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުކޮށް 15 ޑޮލަރުގެ ރޭޓުންނެވެ. އެއީ ހިއްކާ ކޮންމެ ކޮޑި-މީޓަރަކަށް މުއިއްޒަށް 7 ޑޮލަރު ލިބޭ ގޮތަށެވެ.
ގިރާވަރު ފަޅުން 160 ހެކްޓަރު ހިއްކާ އިރު، އަދި ހުޅުމާލެ ފޭސް 3 އިން 63 ހެކްޓަރު ހިއްކާއިރު، މި ޕްރޮޖެކްޓުން މުއިއްޒުގެ ޖީބަށް 46.2 މިލިއަން ޑޮލަރު ވަންނާނެއެވެ. މިކަން ކޮށްދެނީ، ޒަމީރު މެދުވެރިކޮށް، އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ ޝަރީފްއެވެ. ޝަރީފް އަކީ ޒަމީރުގެ ބޯއި ގަނޑެކެވެ.