ޚަބަރު

ރާއްޖޭއިން އިތުރު ޤައުމުތަކަށް ޝެންގަން ވިސާ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިފި

ދިޔަވަރު
ރާއްޖޭއިން އިތުރު ޤައުމުތަކަށް ޝެންގަން ވިސާ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިފި

ޝެންގަން ވިސާގެ މައްސަލަ އަކީ ދިވެހިންނަށް ވަރަށް ބޮޑަށް ކުރިމަތިވި މައްސަލައެކެވެ. އެކި ޤައުމުތަކަށް ހާއްސަކޮށް ލަންކާ އަށް ގޮސްގެން ނޫނީ އެއްވެސްގޮތަކަށް ޝެންގަން ވިސާ ނުލިބި އޮތް އޮތުން ބަދަލުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ބޭރު ޤައުމުތަކާއި ބޭއްވި ގާތް ގުޅުމުގެ ސަބަބުންނެވެ.

ޔޫރަޕް ގައުމުތަކުގެ ތެރެއިން، އޯޕަން ބޯޑާސް ގައުމުތައް ނުވަތަ ޝެންގެން ވިސާގައި ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމަކަށް ވިސާ ނެގޭނެ ގޮތް ހަދައިފި އެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމުގައި ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މާލޭގައި ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް 2020 ގައި ވަނީ ހުޅުވައިފަ އެވެ.

އެ ހިދުމަތް ފުޅާ ކުރަން ވީއެފްއެސް މާލެ ވިސާ ސެންޓަރާއި ރަސްމީކޮށް ސްވިޒަލެންޑުން މިދިޔަ އޮގަސްޓުގައި ވަނީ ގުޅިފަ އެވެ. އެ ސެންޓަރު މެދުވެރިކޮށް ސްވިޒަލެންޑް، ބެލްޖިއަމް، ނެދަލެންޑް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް އެޕްލައި ކުރެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުތަކުގެ އިތުރުން އިއްޔެއިން ފެށިގެން ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް މާލޭގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.