ސިފައިންގެ ވެލްފެއަރ ކުންފުނިން މެދިވެރިކޮށް ބާރަށު މައިކް, ރައްޔިތުންގެ މަޖިލިހުގެ ބާރުށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު ހޯދި ކޮރަޕްޝަންގެ ފައިސާއިން އޭނާވަނީ ރެއިންބޯގެ ރެއިން ޕާރލް ރެސިޑެންސްއިން ލަގްޒަރީ ދެ އެޕާޓްމަންޓަށް ޑައުން ޕޭމަންޓް ދައްކާފައިކަން ހާމަ ވެއްޖެއެވެ.
މި މައުލޫމާތު ހާމަވެފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލޮޖެންސް ރިޕޯޓުންނެވެ. މި ރިޕޯޓަކީ, ބާރަށު މައިކު, ޝުޖާއު ދައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލުތައް ހާމަކޮށް އެމުވައްސަސާއިން އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް މިއަދާއި ހަމައަށްވެސް ފުލުހުން ތަހުގީގު ކޮށްފައެއް ނުވެއެވެ.
މި ރިޕޯޓުން އެނގެން ހުރި ގޮތުގައި އެމްއެންޑީއެފްގެ ވެލްފެއަރ ކުންފުނި (ސިވެކް)އިން ވަނީ ޝުޖާއުގެ “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ”އަށް ޖުމްލަ 15.5 މިލިއަން ރުފިޔާ ދީފައެވެ. ސިވެކްއިން މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ މުޅި ޕްރޮޖެކްޓް ނަގާފައިވަނީ ކުރިން ބަޖެޓްކުރި އަދަދު އިތުރުކޮށް ޖުމްލަ 23.03 މިލިއަން ރުފިޔާއަށެވެ. މި ފައިސާގެ ތެރެއިން 4.2 މިލިއަން ރުފިޔާ ޑީޖީ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް ދީފައި ވެއެވެ. މިއީ ކުޑަ ހެންވޭރު ގޭންގާއި ގުޅުން އޮންނަ ކުންފުންޏެކެވެ.
މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ދޫކޮށްފައިވަނީ ގާނޫނާއި ޚިލާފަށެވެ. އަދި އެފައިސާ ބާރަށު މައިކް ޝުޖާއުގެ ކުންފުނިތަކަށް ފަހުން ލޯންޑަރ ކޮށްފައިވަނީވެސް ގަނޫނާ ޚިލާފަށެވެ.
ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ. މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް އެވާޑްކުރީ 23.03 މިލިއަން ރުފިޔާ އަށެވެ.
މި ފައިސާއިން ޝުޖާއު ރެއިންބޯގެ ރެއިން ޕާރލް ރެސިޑެންސްއިން ލަގްޒަރީ ދެ އެޕާޓްމަންޓަށް ޑައުން ޕޭމަންޓް ދައްކާފައިވަނީ އެއް އެޕާޓް އޭނާގެ ނަމުގައި އަދި އަނެއް އެޕާޓްމަންޓަށް އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމްގެ ނަމުގައެވެ.
ޝުޖާއު ގަނެފައިވާ ދެ އެޕާޓްމަންޓަކީ:
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2
ޝުޖާއު ގަނެފައިވާ މި ލަގްޒަރީ އެޕާޓްމަންޓްތަކަކީ 15 މިލިއަން ރުފިޔާގެ އަގުހުރި އެޕާޓްމަންޓް ތަކެކެވެ. މި އިން ކޮންމެ އެޕާޓްމަންޓަކަށްވެސް އެންމެ ފުރަތަމަ ޑައުން ޕޭމަންޓްގެ ގޮތުގައި 3 މިލިއަން ރުފިޔާ އަދި އެއަށްފަހު ޕްރޮގްރެސިވް ޕޭމަންޓްތަކެއް ދައްކާން ޖެހެއެވެ.
އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް
ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ފަރާތުން މިހާރުވަނީ ލީކު ކޮށްލައިފިއެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.
23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:
- މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
- ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
- މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައިވެއެވެ.
- ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ” އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ހެންވޭރު ގޭންގުވެސް ހިމެނެއެވެ.
ބިލް ކުރުމުގެ މައްސަލަ:
- ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
- ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
- އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.
ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:
- ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
- ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
- ސްޕީޑް ބޯޓެއް ގަތުމަށް
- ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް
ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2
ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)
- ސިވެކުން: 15,496,969.41 ރުފިޔާ
- ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
- މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.
މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު, މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ޖެހިގެން އައި ދެމަސްތެރޭ ދައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާ ލޫޓުވާލިގޮތުގެ ހުރިހާ ތަފްސީލަކާއެކީ, އެމްއެމޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން އެނަލިސިސް ރިޕޯޓު ފުލުހުންގެ މުވައްސަސާއަށް ހުށަހެޅިތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް, މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނަށް ތުހުމަތުކޮށްފައިވާ އެއްވެސް މަސައްލައެއް ފުލުހުން މިއަދާއި ހަމައަށްވެސް ބަލާފައެއް ނުވެއެވެ.