ޚަބަރު

މައްސަލަ ތަހުޤީގު ކުރާކަމަށް ދެއްކުމަށް ފަހު، ޝުޖާޢު އާއި މުއިއްޒުގެ މައްސަލައެއް ނެތްކަމަށް ފުލުހުން ލައްވައި ނިންމައި، މައްސަލަ ފައިލް ކުރުމަށް މުއިއްޒު އިހްސާނަށް އަންގައިފި!

ދިޔަވަރު
މައްސަލަ ތަހުޤީގު ކުރާކަމަށް ދެއްކުމަށް ފަހު، ޝުޖާޢު އާއި މުއިއްޒުގެ މައްސަލައެއް ނެތްކަމަށް ފުލުހުން ލައްވައި ނިންމައި، މައްސަލަ ފައިލް ކުރުމަށް މުއިއްޒު އިހްސާނަށް އަންގައިފި!

މައްސަލަ ތަހުޤީގު ކުރާކަމަށް ދެއްކުމަށް ފަހު، ޝުޖާޢު އާއި މުއިއްޒުގެ މައްސަލައެއް ނެތްކަމަށް ފުލުހުން ލައްވައި ނިންމައި، މައްސަލަ ފައިލް ކުރުމަށް މުއިއްޒު އިހްސާނަށް އަންގައިފިއެވެ. މުއިއްޒު މި ގޮތަށް އަންގާފައި ވަނީ އިނގިރޭސި ވިލާތުގައި ހުރެގެން އިހްސާނަށް ގުޅުމަށް ފަހު އެވެ.

ފުލުހުން މައްސަލަ ބަލަން ފަށާފައި ވާކަމަށް މިއަދު އެ ހާމަ ކުރީ މައްސަލަ ބަލާކަމަށް ދެއްކުމަށެވެ. ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވާތާ އަހަރެއްހާ ދުވަސް މިހާރު ވެދާނެއެވެ. މައްސަލަ ބަލާނަމަ ބަލާނެއެވެ. މައްސަލަ ނުބަލައި ބާއްވާފައި އޮތީ ސީދާ މުއިއްޒު އަންގައިގެންނެވެ. މިހާރު ބޭނުމަކީ ރައްޔިތުންގެ ބޮލުގައި އަނދުން އެޅުވުމެވެ.

ޝުޖާޢު ހިންގާފައިވާ ހުރިހާ ވައްކަމެއްގެ އަޑީގައި ހުރީ މުއިއްޒުއެވެ. ހުރިހާ ވައްކަމެއް ކޮށްފައި ވަނީ މުއިއްޒަށް އެއިން އެތައް މިލިއަނެއް ދީގެންނެވެ. ޝުޖާޢުގެ ގާތް އެކުވެރިއަކު ކިޔައިދިން ގޮތުގައި، ޝުޖާޢު އަމިއްލަ ޖީބަށް ލާވަރަށްވުރެ ގިނައިން ދިމްޔާތަށް ސާޖިދާއަށް ފައިސާ ދޭން ޖެހެއެވެ.

ދިޔަވަރު ނޫހުން ވަނީ، މުއިއްޒު އާއި ޝުޖާޢު އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި، ޝުޖާޢު އަށް 200 މިލިއަން ވުރެެވެސް ގިނައިން ފައިސާ ދީފައިވާ ސަބަބު ހޯދާފައެވެ. އޭގެ ތަފްސީލް ގެނެސް ދިނުމުން، ދިވެހި ރައްޔިތުންނަށް ޝުޖާޢު ކޮށްފައިވާ ހުރިހާ ވައްކަމެއްގައި ހުރީ ސީދާ ރައީސް މުއިއްޒުކަން ސާފުކޮށް އެނގިގެން ދާނެއެވެ.