ޚަބަރު

އާދަން ޝަރީފް މުއިއްޒު އާއި ދެކޮޅަށް ފޭސްބުކް ޕޭޖެއް ހިންގާ! ޝަހީމަކީ މުނާފިގެއް ކަމަށް ބުނާ ވީޑިއޯ އަމިއްލަ ޕޭޖަށް ލެވުނީ އެ ޕޭޖަށް ލާން އުޅެނިކޮށް އޮޅިގެން!

ދިޔަވަރު
އާދަން ޝަރީފް މުއިއްޒު އާއި ދެކޮޅަށް ފޭސްބުކް ޕޭޖެއް ހިންގާ! ޝަހީމަކީ މުނާފިގެއް ކަމަށް ބުނާ ވީޑިއޯ އަމިއްލަ ޕޭޖަށް ލެވުނީ އެ ޕޭޖަށް ލާން އުޅެނިކޮށް އޮޅިގެން!

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަކީ މުނާފިގެއް ކަމަށް ބުނެ މީހަކު ހަދާފައިވާ ވީޑިއޯއެއް މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވުނީ، އާދަން ޝަރީފް ރައީސް މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ހިންގާ ފޭސްބުކް ޕޭޖަށް އެ ޕޯސްޓް ޝެއަރ ކުރަން އުޅުމުގެ ތެރޭގައި އޮޅިގެން ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިނިސްޓަރު ޝަރީފުގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވުނު ވީޑިއޯގެ ސުރުހީގައި ބުނެފައި ވަނީ، "ރާއްޖެ ދުށް މުނާފިގު ޝެއިހުންގެ ތެރޭ އަރާ ހުރި މީހެއް ޝަހީމްއަކީ"، މިހެންނެވެ.

އާދަން ޝަރީފް އަކީ، ރައީސް މުއިއްޒު އާއި ވާދަކޮށް އެންމެ ވޯޓަކުން ބަލިވެ، ޕީޕީއެމް ކެނޑިޑޭޓުކަން ގެއްލުނު ފަރާތެވެ. އަދި ކުރިއަށް އޮތް 2028 ގައި ވެރިކަމަށް ނުކުތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅެއް ވެސް މެއެވެ. މި މަގަށް ކުރާ މަސައްކަތުގައި ސަރުކާރު ބަލިކަށި ކުރުމަށް މުއިއްޒު އާއި ދެކޮޅަށް ހިންގާ ފޭސްބުކް ޕޭޖުގައި މުއިއްޒަށާއި، މުއިއްޒުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ދަނީ އެމީހުންގެ އަގު ވެއްޓޭހެން ޕޯސްޓްތައް ޖަހަމުންނެވެ. ޝަހީމަށް އަމާޒު ކޮށްފައިވަނީ އަދާލަތުން ފުރުޞަތު ނުލިބިއްޖެނަމަ، ޕީއެންސީ އިން ޝަހީމު ވާދަ ކުރުމަށް ވިސްނާތީއެވެ.

އާދަން ޝަރީފަކީ ދެން ޕީއެންސީ އިން ފެންނާނެ ކެނޑިޑޭޓަށް ވެދާނެ.

މުއިއްޒު އިންތިހާބުގެ ދެވަނަ ބުރުން ހޮވުމުން، މުއިއްޒުއާއި މެދު ހިތްހަމަ ނުޖެހި، މުއިއްޒު ނެތް ވަގުތެއްގައި ޕާޓީ އޮފީސްތެރޭ އެތައް ބަޔަކު ތިއްބައި އާދަން ޝަރީފް މުއިއްޒަށް އަވަގުރާނަ ގޮވާފައިވެސް ވެއެވެ. އަދި އޭގެ ފަހުން ރައީސް ޔާމީން އާއި ގުޅެން ކަމަށް ބުނެ ޝުޖާޢު އިސްވެ ހުރެ އުފެއްދި ފެކްޝަނުގައި ވެސް އާދަން ޝަރީފް ހިމެނެއެވެ. މިއަދު ކައުންސިލް ތަކުގެ ބާރު ކަނޑުވައި ރަށްފުށުގެ ރައްޔިތުން މުއިއްޒު އާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ހިތްޕުޅާވާހެން އުފައްދާފައިވާ ބިލަކީ، ރަނގަޅަށް ކުރަމުންދާ ކަމެއް ކަމަށް ރަސްމީ ހުރިހާ ތަނެއްގައި ބުނުމަށްފަހު، "މީގެ ހިތި މުއިއްޒު އަދި ބޯނެ" ކަމަށް އާދަން ޝަރީފް ގާތް މީހުން ކައިރީ ވާހަކަ ދައްކާފައިވެއެވެ.

ރާއްޖޭގެ އެއްވެސް ވެރިއެއްގެ ތާޢީދު ނުގެއްލޭވަރަށް މުއިއްޒުގެ ތާޢީދު ގެއްލިފައި ވުމަކީ މުއިއްޒަށް އިތުރު ރިޔާސީ އިންތިހާބެއް ކާމިޔާބު ނުވާނެ ކަން ޔަގީންކޮށް ޕީއެންސީގެ އެންމެންވެސް މިހާރު ޤަބޫލު ކުރާ ޙަޤީގަތެކެވެ. އެހެންކަމުން ފަހު ވަގުތުގައި ޕާޓީ ޓިކެޓް ލިބޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ބަޔަކު ދަނީ ތައްޔާރު ވަމުންނެވެ.

އާދަން ޝަރީފުގެ ބައެއް ގާތް މީހުން އާދަން ޝަރީފަށް މިހާރުވެސް "ރައީސް" ކިޔައި މުހާތަބު ކޮށް ހަދައެވެ.