މުއިއްޒު އަންގާ ކަންކަން އެޗްޑީސީތެރޭގައި އެމްޑީ ޒުހައިރުއާއި ގުޅިގެން ހިންގުމަށާއި، އަދި އެޗްޑީސީ ތެރެއިން ޕޮކަންޑި ބާކީ ކުރުމަށް ރާވައިގެން ޑީއެމްޑީ މަގާމަށް ކުރީގެ އާރްޑީސީގެ ޑީއެމްޑީ އަސްބާހު އައްޔަން ކޮށްފިއެވެ.
އަސްބާހު އަކީ ވައްކަމާއި ކޮރަޕްޝަނުގައި އަރާހުރި ފަރާތެކެވެ. އާރްޑީސީ ތެރޭގައި ހިންގާފައިވާ ހުރިހާ ވައްކަމެއް ޒުހައިރު އަށް ހިންގާދިން މޭސްތިރިއަކީ އަސްބާހުއެވެ. އަސްބާހުއަށް އެންމެ މަތިން އިރުޝާދު ދީފައިވަނީ ޕޮކަންޑި ސަމާލުވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މައުލޫމާތު ދިޔަވަރަށް ލިބިފައިވަނީ އަސްބާހުގެ ގާތް ފަރާތެއްގެ ފަރާތުންނެވެ.
އަހްމަދު އިބްރާހިމް (ޕޮކަންޑި) އަކީ އެޗްޑީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރެވެ. ޕޮކަންޑި އަކީ އެމްޑީޕީ ސަރުކާރާއި މެދު އާންމުގެ މެދުގައި ނަފްރަތު އުފައްދައި، އިންޑިޔާ އާއި މެދު ނަފްރަތު އުފެއްދުމަށް ދޮގު ހަދައިގެން ވާހަކަ ދައްކައިގެން، މުއިއްޒުގެ މި ނާގާބިލު ސަރުކާރު ގެނައުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރި އެއް ފަރާތެވެ.
އެމްޑީޕީގެ ފެކްޝަނަކާއި ގުޅިގެން މުއިއްޒު އާއި ދެކޮޅަށް، ޕޮކަންޑި މަސައްކަތް ކުރާ ކަމުގެ ތުހުމަތު މުއިއްޒު ޕޮކަންޑި އަށް ކުރައެވެ.