ޚަބަރު

ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮޅުވާލައިގެން, ފާޚާނާ ބަރިއެއް ހަދަން ސިޓީ ކައުންސިލުން ފާސްކޮށްގެން, ވަކި ބަޔަކަށް މާލޭގެ ބިމެއް އާދަމް އާޒިމް 25 އަހަރަށް ކުއްޔަށް ދޭން ހިންގާ ޖަރީމާ ފަޅާ އަރުވާލައިފި!

ދިޔަވަރު
ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮޅުވާލައިގެން, ފާޚާނާ ބަރިއެއް ހަދަން ސިޓީ ކައުންސިލުން ފާސްކޮށްގެން,  ވަކި ބަޔަކަށް މާލޭގެ ބިމެއް އާދަމް އާޒިމް 25 އަހަރަށް ކުއްޔަށް ދޭން ހިންގާ ޖަރީމާ ފަޅާ އަރުވާލައިފި!

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮޅުވާލައިގެން, ފާޚާނާ ބަރިއެއް އަޅަން އެކައުންސިލުން ފާސްކުރުމަށްފަށް, މާލެއިން 25 އަހަރަށް ބިމެއް ކުއްޔަށް ދޭން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިންގާ ބޮޑު ޖަރީމާއެއް ފަޅާ އަރުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލަށް އޮޅުވާލައިގެން މަކަރާ ހީލަތުން, ފާޚާނާ ބަރިއެއް އަޅަން މާލޭ ސިޓީ ކައުންސިލުން ފާސްކުރުމަށްފަހު އާދަމް އާޒިމް ޓީއޯއާރު ތައްޔާރު ކޮށްފައިވަނީ ޕޭ ޓޮއިލެޓް 07 ހުރި ބިން 25 އަހަރަށް ކުއްޔަށް ދިނުމަށެވެ. މި ބިމަކީ ކޮށި ނަންބަރު 358 ގައި އޮތް 750 އަކަ ފޫޓުގެ ބިމެކެވެ. އާދަމް އާޒިމް ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ލައްވާ ތައްޔާރު ކޮށްފައިވާ ޓީއޯއާރުގައި ވާގޮތުން މި ބިން ކުއްޔަށް ދެނީ 25 އަހަރަށެވެ. އަދި މި ޓީއޯއާރުގައި ވާގޮތުން މި ބިމުގައި ހަދާ އިމާރާތުގެ ތިރީ ބައިގައި ވީހާ ގިނަ ފާޚާނާތައް ހަދަން ޖެހެއެވެ. އަދި ގްރައުންޑް ފްލޯ ފިޔަވާ ދެން ހަދާ ފްލޯ ތަކުގައި ބޭނުންވަރަކަށް ވިޔަފާރި ކުރެވޭނެއެވެ. އަދި ކުލި ދައްކަން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 1 އަހަރު ފަހުންނެވެ.

އާދަމް އާޒިމް ހިންގުމަށް ސިއްރިޔާތުގަ ރާވަމުންދާ މި ޖަރީމާ ފަޅާ އަރުވާލަމުން ކައުންސިލް މެމްބަރު ސައިފު ވިދާޅުވެފައިވަނީ މާލޭ ސިޓީގެ ބިމެއް ކުއްޔަށް ދޭން އޭނާ ވޯޓު ދީފައި ނުވާކަމަށާއި, ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ފާޚާނާބަރިއެއް އަޅަން ކަމަށެވެ.

އާދަމް އާޒިމް އަކީ މާލޭ ސިޓީ ކައުންސިލްގެ ވަސީލަތްތައް ބޭނުން ކޮށްގެން ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ ފަރާތެކެވެ.

”ދިޔަވަރު އޮންލައިން“ އަށް މީގެކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި, އަލަށް ރާއްޖެއިން ބޭރުން ބިދޭސީން ގެނެސް, މާލޭ ސިޓީ ކައުންސިލްގެ ވެރިން ރިޝްވަތުގެ ފައިސާ ޖީބަށް ލުމުގެ ބޭނުމުގައި, އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ގިނަ ބިދޭސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެއްފަހަރާ ވަޒީފާއިން ވަކިކޮށްފައެވެ. އެ ބިދޭސީން ވަޒީފާއިން ވަކިކޮށްފައިވަނީ ކުއްލިގޮތަކަށް އެއިން ކޮންމެ ބިދޭސީއަކަށް ސިޓީ ފޮނުވައިގެންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް މިއީ މުވައްޒަފުން މަދުކުރުމުގެ އެޅިފިޔަވަޅަކަށް ނުވާއިރު, ބިދޭސީން ވަޒީފާއިން ވަކިކުރާންޖެހޭ އެއްވެސް ސަބަބެއްވެސް ނެތްކަމަށް އެނގިފައި ވެއެވެ. އަދި ވަކި ކުރި އަދަދަށް ރާއްޖެއިން ބޭރުން ބިދޭސީން ލޭބަރުންގެ ގޮތުގައި މިހާރު ގެނެސްފައިވާކަމަށްވެސް އެނގިފައިވެއެވެ.

އެގޮތުން މި ބިދޭސީން ރާއްޖެ ގެނައުމަށް ހިންގުނު މުއާމަލާތުގެ ތެރެއިން ބިދޭސީން ގެނެސްދޭ އޭޖެންސީތައް މެދުވެރިވެ ސިޓީ ކައުންސިލްގެ ވެރިން އެތައް މިލިއަން ރުފިޔާއެއް ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ މައުލޫމާތުދިން ފަރާތުން ވިދާޅުވެފައި ވެއެވެ. މި ސްކޭމްގައި ސީދާ މޭޔަރު އާދަމް އާޒިމްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލަކީ ދައުލަތުގެ މުވައްސަސާތަކުގެ ތެރެއިން މިހާރު ކޮރަޕްޝަން އެންމެ ބޮޑަށް ހިންގަމުންދާ މުވައްސާސާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ނުއަގުގައި އެ މުވައްސަސާގެ މަސައްކަތްތައް ކުރުވުމާއި, އެ މުވައްސަސާއިން އިއުލާންކުރާ ބިޑްތައް ސިޓީ ކައުންސިލްގެ ވެރީން ބޭނުންވާ ބަޔަކަށް ދީގެން ސިޓީ ކައުންސިލްގެ ވެރިން ބޮޑެތި އަދަދުތަކުން ކޮރަޕްޝަންގެ ފައިސާ ނަގަމުން ދިއުމަކީ އާންމު ކަމެކެވެ.