އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަކީ މުނާފިގެއް ކަމަށް ބުނެ މީހަކު ހަދާފައިވާ ވީޑިއޯއެއް މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވިފައި ވަނިކޮށް ވަގު ޕޭޖު ގެންގުޅޭ މީހުން ފަޅާއަރާނެ ކަމަށް ޝަހީމް ވިދާޅުވެއްޖެ އެވެ.
އާދަން ޝަރީފް އަކީ ރައީސް މުއިއްޒު އާއި ދެކޮޅަށް ފޭސް ބުކް ޕޭޖެއް ހިންގާ ފަރާތެކެވެ. ޝަހީމްގެ ވީޑިޔޯ އެ ޕޭޖްގައި ޖަހަން އުޅެނިކޮށް އަމިއްލަ ޕޭޖަށް އޮޅުމަކުން ވަނީ ޕޯސްޓް ކުރެވިފައެވެ.
މިނިސްޓަރު ޝަރީފުގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވުނު ވީޑިއޯގެ ސުރުހީގައި ބުނެފައި ވަނީ، "ރާއްޖެ ދުށް މުނާފިގު ޝެއިހުންގެ ތެރޭ އަރާ ހުރި މީހެއް ޝަހީމްއަކީ"، މިހެންނެވެ.

މިއަދު އަމިއްލަ ޕޭޖުގައި ޝަހީމް ލިޔުއްވީ "ވަގު ޕޭޖުތައް ހަދައިގެން އުޅޭ މީހުން ފަޅާއަރަންވީމާ ހަމަ ފަޅާއަރާނެ" ކަމަށެވެ. އެއީ ކަން އޮތް ގޮތް ކަމަށް ވެސް ވިދާޅުވެ، އާދަން ޝަރީފަށް ބަހުގެ ހަމަލާ ދެއްވިއެވެ.
އާދަން ޝަރީފް މަސައްކަތް ކުރައްވަމުން ގެންދަވަނީ 2028 ވަނަ އަހަރު ޕީއެންސީ ޓިކެޓް ލިބޭނެ މަގެއް ފަހިވެއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަމަށް ތައްޔާރު ވުމަށެވެ. ޕީއެންސީގެ ގިނަ ބަޔަކު މުއިއްޒު އިތުރަށް ވެރިކަމުގައި ހުރުމަށް ތަޢީދު ނުކުރެއެވެ.