ސަރުކާރުން ފައިސާ ނުލިބޭ ކޮންޓެކްޓަރުންނާއި، ސަޕްލަޔަރުން ހިމޭނުން ތިއްބާ، އެމީހުން ޖަލަށް ލެވޭ ގޮތަށް މުއިއްޒު ބިލެއް ހުށައަޅައިފިއެވެ. މި ބިލުން ޖޫރީމަނާ އިތުރުކޮށް، އާންމުން ކުދި ވިޔަފާރިވެރިން ޖަލަށް ލެވޭ ގޮތް ވަނީ ހަދާފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.05 ޕަސެންޓުން ނުދައްކާ ފަރާތް ޖޫރިމަނާ ކުރެވެ އެވެ. ސަރުކާރުން ގާނޫނު ބަދަލުކުރަނީ ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓު ނެގުމަށެވެ.

މީގެ އިތުރުންވެސް، ގިނަ ބާރުތަކެއް މީރާއަށް ދީ، ވިޔަފާރިތަކަށް ބިރު ދައްކައި، މުޅި އިޤްތިޞާދު އެކީ ފުނޑާލުމަށް މުއިއްޒު ދަނީ ތައްޔާރު ވަމުންނެވެ. މި ހުރިހާ ކަމެއް މި ކުރަނީ މުއިއްޒުގެ ވެރިކަމާއި ދެކޮޅަށް އެއްވެސް ބަޔަކު ނުކުމެދާނެ ކަމަށް ބިރަށެވެ.
ސަރުކާރުން ފައިސާ ނުލިބޭ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން މިއަދުވެސް ތިބީ ބުނި އަދަދެއް ރިޝްވަތުގެ ގޮތުގައި ދީގެންވެސް އެފައިސާ ކޮޅު ލިބޭތޯ ހިމޭނުންނެވެ. އަމިއްލަ ހައްޤުގައި ތެދުވެ، މޫސާ ޒަމީރުގެ ގޭ ދޮށަށް އެއްވެ މުޒާހަރާކުރާކަށް ނުކެރެއެވެ. ބޭއިންސާފު ޤައުމުގައި އިންތިހާއަށް ބޮޑުވެ، ކޯޓުން ހުކުން ކުރިއަސް ފައިސާ ނުދީ ދަނީ ހިފަހައްޓަމުންނެވެ. އަނިޔާވެރިކަމުގެ ޝިކާރައަށް ވިޔަފާރިވެރިން މިވީ ގަނބު އަރާފައި، އަމިއްލަ ހައްޤު ހޯދަން ތެދުނުވެ ތިބުމުގެ ސަބަބުންނެވެ.