ރާއްޖޭގެ އާބާދީގެ %60 މީހުން އެކި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ކުރެއެވެ. މީގެ ތެރެއިން ގިނަ ވިޔަފާރި ތަކަކީ، ހިނގާ ވިޔަފާރި ތަކެއް ނޫނެވެ. އެއްވެސް ވިޔަފާރި މުއާމަލާތެއް މިއިން ވިޔަފާރިއަކުން ނުކުރާ ވިޔަފާރިތައް ބައިވަރެވެ.
މި ގޮތަށް އުފެއްދުމަށްފަހު، ވިޔަފާރި ކުރިއަށް ނުގެންދާ ވިޔަފާރިތައް ހުއްޓުމުން އެ ވިޔަފާރި އުވާލުމަށް އޮންނަ ދަތި އުނދަގޫ ގޮތުން ވިޔަފާރި ޑީ-ރެޖިސްޓްރީ ކުރުމަކީ އެއްވެސް ބަޔަކު ކުރާ ކަމެއް ނޫނެވެ.
މިކަން މިހެން އޮތްކަން އެނގިގެން ވެރިކަން ދެމެހެއްޓުމަށްޓަކައި މުއިއްޒު ބޭނުން މީހަކު ޖަލުގެ ކުޑަ ގޮޅިއަށް ލުމަށް މީރާގެ ޤާނޫނަށް ބަދަލު ގެންނަން މުއިއްޒު މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެވެ.
މި ގޮތުން ވިޔަފާރި ނުހިގާ ކުންފުނިތަކުން މީރާ އަށް ޓެކްސް ބަޔާން ހުށަނާޅައެވެ. މި ގޮތަށް އެތައް ހާސް ވިޔަފާރިތަކެއް ހުއްޓާ، ޓެކްސް ބަޔާން ހުށަނޭޅުން ކުށަކަށް ހަދައި 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް މުއިއްޒު ވަނީ ބިލެއް ހުށައަޅާފައެވެ.
ޓެކްސް ބަޔާން ހުށައަޅާއިރު، އިދާރީ ކުށެއް ހުރުމަކީ އާންމުކޮށް ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. ބައެއް ފަހަރު މިފަދަ ކުށަކުން އިތުރަށް ޓެކްސް ދެއްކިފަވެސް ބައެއް ވިޔަފާރި ތަކަށް އެބަހުއްޓެވެ. މިހާރު ޤާނޫނަށް މުއިއްޒު މި ގެނައި ބަދަލުގެ ސަބަބުން އިތުރަށް ޓެކްސް ދެއްކުނަށް އަދި ޓެކްސް އަދަދަށް ބަދަލު ނަޔަސް، އަދި މަދުން ޓެކްސް ދެއްކުނަސް، ޓެކްސް ބަޔާން ހުށައެޅުމުގައި ހަދާ ރިޕޯޓިންގައި ކުޑަ ކުޑަ މައްސަލައެއް އޮތަސް އެމީހަކު ޖަލަށް ލެވެއެވެ. މިއީ ދުނިޔޭގެ ތާރީޚުގައި މިފަދަ ގޮތަކަށް ޓެކްސް ބިލަކަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މިވަރު ބޮޑު އަނިޔާވެރިކަމެއް ނިޒާމުގެ ތެރެއިން އަދި ދުނިޔޭގައި ހިނގާފައެއް ނުވެއެވެ.
ރައީސް މުއިއްޒު އަނިޔާވެރި ވަމުން ދަނީ ޤާނޫނުތައް ބަދަލުކޮށް، އަނިޔާވެރި ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްގެންނެވެ. މިގެންނަ ބަދަލުގެ ތެރެއިން އެންމެ ފުރަތަމަ ޖަލަށް ލާނީ މުއިއްޒު ހިތްހަމަ ނުޖެހޭ މަޖިލީސް މެމްބަރުންނާއި، ސިޔާސީ ފަރާތްތަކެވެ.
މާތްﷲ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ކުރިމަތި ކުރަމުން މިގެންދާ އަނިޔާވެރި ވެރިކަން 5 އަހަރު ވުމުގެ ކުރިން ނިންމަވައި ދިވެހި ޤައުމަށް ހެޔޮ ވެރިއެއް މިންވަރު ކުރައްވާންދޭވެ. އާމީން. ނަމާދުގައި މި ދުވާ ތަކުރާރުކޮށް ދެއްވާ ދިވެހިންނަށް ދިމާވެފައިވާ މި މުސީބާތުން މިންޖުވުމަށް އެކަކު އަނެކަކަށް ހިތްވަރުދީ ތެދުވުމުގެ ބާރު ދެއްވުމަށް ހުރިހާ ބާރެއްގެ ވެރި ﷲ އަށް ދުޢާ ކޮށްދެއްވާށެވެ.