ޚަބަރު

މުއިއްޒު ހުޅުވި އައިނު ފިހާރައިން އައިނެއް ހެއްދެނީ ކިއުގައި 6 މަސްދުވަހު ހުރުމަށްފަހު, އޮތް ޑިމާންޑަށް ބެލުމެއްނެތި ވައުދު ފުއްދަން އައިނު ފިހާރައެއް ހުޅުވީ އާމާބުނީތީ ފަރަށް ދާ އުސޫލުން

ދިޔަވަރު
މުއިއްޒު ހުޅުވި އައިނު ފިހާރައިން އައިނެއް ހެއްދެނީ ކިއުގައި 6 މަސްދުވަހު ހުރުމަށްފަހު, އޮތް ޑިމާންޑަށް ބެލުމެއްނެތި ވައުދު ފުއްދަން އައިނު ފިހާރައެއް ހުޅުވީ އާމާބުނީތީ ފަރަށް ދާ އުސޫލުން

މުއިއްޒު އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރަ ރައްޔިތުންނަށް ބޮޑު ބޮލުގެ ރިހުމަކަށް ވެއްޖެއެވެ. ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަށް ބުނެ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުވާފައި ވަނީ ފާއިތުވި ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

އައިނު ހެދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމަށްފަހު، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް މުއިއްޒު އިޢުލާންކުރެއްވީ މޭ މަހުގެ 31 ގަ އެވެ.

އޭގެ 2 މަހެއްހާ ދުވަސްފަހު މުއިއްޒު ލައްވާ ރިބަން ކަނޑުވައިގެން އައިނު ފިހާރަ ހުޅުވުމަށްފަހު އެ އައިނު ފިހާރައިގެ ކިއުގައި މިހާރު 1,200 މީހުން އެބަތިއްބެވެ. މި އައިނު ފިހާރައިން އައިނެއް ހެއްދުމަށް އާންމު ރައްޔިތު މީހާ 6 މަހެއްހާ ދުވަސް ކިއުގައި ހޭދަކުރާން ޖެހެއެވެ. މުއިއްޒު ވީ ވައުދެއް ފުއްދުމުގެ ނަމުގައި އައިނު ފިހާރައެއް ހުޅުވިއިރު, މިކަމަށް ޑިމާންޑް އޮތް މިންވަރެއް މިސަރުކާރުން ދިރާސާ ކޮށްފައެއް ނުވެއެވެ. އެއްވެސް ބެލުމެއް ނެތި, މުއިއްޒު ވީ ވައުދެއް ފުއްދުމުގެ ނަމުގައި ހުޅުވި އައިނު ފިހާރައިން އައުނު ހެއްދުން މިވީ ރައްޔިތުންނަށް ގިލަންވެރި ކަމަކަށެވެ.

މިއަދުގެ ހާލަތަކީ މުޅި ރާއްޖޭގެ އާބާދީ އައިނު ހައްދަން ދުވަން މިޖެހެނީ މުއިއްޒު ހުޅުވި އައިނު ފިހާރައަށެވެ. އެއީ މާލޭގެ އެހެން އައިނު ފިހާރަތަކުން އައިނު ހެއްދުން ރައްޔިތުންނަށް މާލީ ބުރައަކަށް ވާތީއެވެ. އެހެންނަމަވެސް މުއިއްޒުގެ އައިނު ފިހާރައިން އައިނެއް ހެއްދުމަށް 6 މަސްދުވަހު ކިއުގައި މަޑުކުރާން ޖެހެއެވެ. މައްސަލައެއް ނެތްތާއެވެ. މުއިއްޒުއަށް ސިޔާސީ ވައުދެއް ފުއްދުނީއެވެ.

އޮތް ޑިމާންޑަށް ބެލުމެއްނެތި ވައުދު ފުއްދަން އައިނު ފިހާރައެއް ހުޅުވީ އާމާބުނީތީ ފަރަށް ދާ އުސޫލުންނެވެ.

އައިނު ފިހާރައެއް ހުޅުވީ އޮތް ޑިމާންޑަށް ކޭޓަރ ކުރާނެ ގޮތްތަކެއް ބެލުމެއްނެތި, ވައުދު ފުއްދައިފީބޭ ބުނުމަށް އެކަނި