ޚަބަރު

މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ހިންގަމުންދާ "ކަރަންޓު ބަޢާވާތު"ގެ ތެރެއިން ހުޅުމާލެއާއި މާލެއިން އަނެއްކާވެސް ކަރަންޓު ދުއްވާލައިފި

ދިޔަވަރު
މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ހިންގަމުންދާ "ކަރަންޓު ބަޢާވާތު"ގެ ތެރެއިން ހުޅުމާލެއާއި މާލެއިން އަނެއްކާވެސް ކަރަންޓު ދުއްވާލައިފި

ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެއާއި މާލެއިން އަނެއްކާވެސް ކަރަންޓު ކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެނގިފައިވާ ގޮތުގައި ސްޓެލްކޯގެ ޕަވަރ ހައުސްއަށް ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަމެއް އެނގިފައި ނުވާއިރު, މިއަދު މާލެއަށް ކަރަންޓު ލިބިދާނެކަމުގެ އުއްމީދެއް ނެތެވެ.

މީގެ ކުރިން މުއިއްޒު ވަނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މެންދުރުފަހު ކަރަންޓު ކެނޑިގެން ދިޔަ މައްސަލައަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އެމައްސަލަ ތަހުގީގު ކުރުމަށް މުއިއްޒު ފުލުހުންނަށް އަމުރު ކޮށްފައެވެ.

ސްޓޭލްކޯގެ އިންޖީނުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެކަމަށް ބުނެ މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވެއެވެ. މި ހާދިސާ ދިމާވުމުން ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސަރަހައްދުތަކުގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރައްވަން ސައުދީ އަރަބިއްޔާގައި ހުންނެވި މުއިއްޒު އޭރުވަނީ، ކަރަންޓު ކެނޑުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލައި، އަވަސް ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހައި އިސްލާހުތައް ސަރުކާރުން ގެންނަވާނެ ކަމަށް ރައީސް ޔަގީންކަންވެސް މުއިއްޒު އޭރު ދެއްވާފައި ވެއެވެ.

މާލޭގެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުމުން ރައްޔިތުންގެ މި އަސާސީ ޚިދުމަތަށް ހައްލެއް ހޯދުމަށް ވިސްނުމުގެ ކުރިން މުއިއްޒު އަވަސްވެގަތީ, އޭރު ސަމާލުކަން ދީފައިވަނީ, މިއީ ވެރިކަން ވައްޓާލުމަށް ހިންގި ޖަރީމާއެއްކަމަށް ތުހުމަތުކޮށް މިމައްސަލަ ތަހުގީގު ކުރުމަށެވެ. ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާއި, އާންމު ޚިދުމަތްތަކުން ރައްޔިތުން މަހުރޫމްވުމުން ކުރިމަތީ މައްސަލަތަކާމެދު މުއިއްޒުގެ ވިސްނުން ހިނގާފައި ނުވާކަން ހާމަވީ, މިމައްސަލައަކީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއްކަމަށް މުއިއްޒުއަށް ވިސްނުމުންނެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މި ތަހުގީގަށް ވީގޮތެއްގެ މައުލޫމާތު އެނގިފައެއް ނުވެއެވެ.

ރައްޔިތުން އަސާސީ ޚިދުމަތަކުން މަހުރޫމްވުމުންވެސް މުއިއްޒުގެ ވިސްނުމުގައި ދައުރުވެފައިވަނީ ވެރިކަން ގެއްލިދާނެކަމުގެ ބިރުވެރިކަމެވެ. މުއިއްޒުގެ އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ވެރިކަން ހިމާޔަތް ކުރުމުގެ މަސައްކަތެވެ. ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެންވެސް މުއިއްޒުއަށް މުހިންމުވީ ވެރިކަން ހިމާޔަތް ކުރުމެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ވެރިކަމާހެދި ހޭބުއްދި ފިލި ރައީސެއް މުއިއްޒު ފިޔަވާ ދިވެހިން މިހާތަނަށް ދެކެފައެއް ނުވެއެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ތަކުރާރުކޮށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިއުމަކީ, މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ރާވާއިގެން ބަޔަކު މީހުން ހިންގަމުންދާ ބަޢާވާތެކެވެ.