ޚަބަރު

އެންސިސްއަށް ކޮރަޕްޝަންގެ ތެރެއިން 540 މިލިއަން ދިނުމަށް ނިންމައިފި، މުއިއްޒު އަށް 150 މިލިއަނުގެ ކަޓެއް!

ދިޔަވަރު
އެންސިސްއަށް ކޮރަޕްޝަންގެ ތެރެއިން 540 މިލިއަން ދިނުމަށް ނިންމައިފި، މުއިއްޒު އަށް 150 މިލިއަނުގެ ކަޓެއް!

އެންސިސްއަށް ކޮރަޕްޝަންގެ ތެރެއިން 540 މިލިއަން ދިނުމަށް މުއިއްޒު ނިންމައިފިއެވެ. އަދި އޭގެތެރެއިން ސީދާ މުއިއްޒު އަށް 150 މިލިއަނުގެ ކަޓެއް ނަގާ ކަމަށް ދިޔަވަރު ނޫހަށް ކަށަވަރު ވެއްޖެއެވެ.

ދިޔަވަރު ނޫހުން މި ޚަބަރު މީގެ ހަފްތާއެއް ކުރިން ގެނެސްދީފައިވާ އިރު، ސަރުކާރާއި، އެންސިސް އާއި ދެމެދު އެންސިސް އިން ބައެއް ސަރުކާރަށް ގަތުމަށް އަގެއް ކަނޑައަޅާފައި ސީދާ ނުވެއެވެ. މިހާރު އަގު ކަނޑައަޅާފައިވާއިރު، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މި ޑީލް ކުރިއަށް ދާކަމަށް ރޭގައި ބުނެފައެވެ.

މިހާ ބޮޑު އަގެއްގައި ކޮރަޕްޝަންގެ ތެރެއިން މިޑީލް ނިންމާފައިވާއިރު، މި ޑީލްގައި ވިއްކަނީ ހަމައެކަނި އެންސިސްގެ ކޭނަރީ އެވެ. މުޅި ކުންފުންޏެއް ނޫނެވެ.

މިފްކޯއަށް ކޭނިން ފެކްޓްރީއެއް ގަތުމުގެ ބޭނުމެއް ނެތެވެ. އެއީ މިފްކޯގެ ޕްރޮސެސިންގ ކެޕޭސިޓީ ކުޑަވެގެން ނޫޅޭތީއެވެ. އަދި ކޭނިންގ ފެކްޓްރީ ގަތަސް މިފްކޯއަށް އެވަރާއި ކައިރިއަކަށްވެސް މަސް ނުގަންނާތީ މި ފެކްޓްރީ ބޭނުން ކުރާނެ އެއްވެސް ގޮތެއް ނުވެސް ނެތެވެ.

ކަން މިހެން އިތް އިރު، ރާއްޖޭގެ އެތައް ސަތޭކަ ވިޔަފާރިއެއް މުއިއްޒު ދަނީ ގަސްތުގައި ބަނގުރޫޓު ކުރަމުންނެވެ. 540 މިލިއަން އެންސިސްއަށް ދޭން ބަޖެޓްގައި ފައިސާ ހުރި އިރު ކުދި ވިޔަފާރިތަކަށް ފައިސާ ނުދީ މުއިއްޒު ދަނީ ނިކަމެތި ކޮށް، ގަސްތުގައި އަނިޔާވެރި ވަމުންނެވެ.