މިދިޔަ އޭޕްރީލް މަހު ތުރުކީއިން ދިވެހިރާއްޖެއަށް ދިން ހަނގުރާމަމަތީ މަނަވަރު ދިވެހިރާއްޖެއަށް މިހާރު ގެނެސްފައިވާއިރު އެ ބޯޓުގައި ރާއްޖޭގައި ތިބުމަށް އިތުރު ސިފައިންގެ 6 މީހަކު ވަނީ ތުރުކީއިން ރާއްޖެ އައިސްފައެވެ. ހަތިޔާރު އެޅި މިލިޓަރީ 6 މީހަކު ރާއްޖޭގައި ތިބެނީ ދާއިމީ ކޮށެވެ. މީގެ އިތުރުން ޑްރޯން އޮޕަރޭޓް ކުރުމުގެ ނަމުގައި 6 މީހަކު މިހާރުވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި ތުރުކީގެ 12 ސިފައިންގެ މީހުން މިލިޓަރީ ހެދުމުގައި ދާއިމީ ކޮށް އެބަ ތިއްބެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައީ، ރަތް ރޮނގު ދައްކައި ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭނެ ކަމަށް ބުނެއެވެ. ނަމަވެސް ރާއްޖެއަށް ތުރުކީގެ ސިފައިން މުއިއްޒު ގެނެސް، މުޅި ސަރަހައްދުގެ ހަމަ ނުޖެހުން ނަގާލަމުން ދަނީ ތުރުކީއިން މުއިއްޒަށް ދޭ މަދު ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައެވެ.
ތުރުކީ އަކީ ސެކިޔުލާ ގައުމެކެވެ. އެތާގައި ހިނގަނީ އިސްލާމީ ވެރިކަމެއް ނޫނެވެ. ތުރުކީގައި ކޮންމެ ވެރިކަމެއް ހިނގިއަސް، އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބޭ ތިބުމަކީ ކަނޑައެޅިގެން ރާއްޖޭގެ މިނިވަންކަމަށް އެއިން އަސަރު ކުރާ ކަމެކެވެ.