ޚަބަރު

ކަމަދޫގައި މުޅި ދުނިޔޭގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް އަޅާ ދެ ކްލާސް ރޫމް! ދައުލަތް ލޫޓުވުމުގެ ރޮނގުން ނިޝާން އިއްޒުއްދީނުގެ ލަގަބު މުއިއްޒަށް އަރުވަން ޖެހޭ!

ދިޔަވަރު
ކަމަދޫގައި މުޅި ދުނިޔޭގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް އަޅާ ދެ ކްލާސް ރޫމް! ދައުލަތް ލޫޓުވުމުގެ ރޮނގުން ނިޝާން އިއްޒުއްދީނުގެ ލަގަބު މުއިއްޒަށް އަރުވަން ޖެހޭ!

ކަމަދޫގައި މުޅި ދުނިޔޭގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް އަޅާ ދެ ކްލާސް ރޫމް އަޅަން ރައީސް މުއިއްޒު ނިންމައިފިއެވެ. 5.4 މިލިއަން ރުފިޔާއަށް ދެ ކުލާސް ރޫމެވެ. މި ދެ ކުލާސް ރޫމް އެޅުމަށް ދާ ހަމަ އަގަކީ 3 ލައްކަ ރުފިޔާއެވެ.5.1 މިލިއަން ރުފިޔާއަކީ ކޮރަޕްޝަނެވެ. ދައުލަތުން ދިމްޔާތަށް ސީދާ ވަންނަ ހަރާން ފައިސާއެވެ. ޝުކުރިއްޔާއެވެ. ޝުކުރިއްޔާ ރައީސް މުއިއްޒުއެވެ.

މި 2 ކްލާސް ރޫމް މިހާ އަގު ބޮޑުވަނީ، ވަށައި 4 ފާރާއި މެދުން އެއް ފާރު ނާނައި، މަތީ ޓިނު ފުރާޅެއް އަޅާލާ ކަމަށްޓަކައެވެ. މިއީ ދެލައްކަ ރުފިޔާގެ މަސައްކަތެކެވެ. މިއީ ބޮޑު ފައުންޑޭޝަނެއް ބޭނުންވާ ތަނެއް ނޫނެވެ. މިއީ އޭސީ ކުރާތަނެއް ނޫނެވެ. މިއީ ސްމާރޓް ބޯޑު ބަހައްޓާ ތަނެއް ނޫނެވެ. މި އަގުގައި ކުލާސް ރޫމަށް ބޭނުންވާ ގޮނޑި އާއި، މޭޒު ނުހިމެނެއެވެ. އެ ތަކެއްޗަށްވެސް އިތުރު 5 މިލިއަން ރުފިޔާ މުއިއްޒު ނަގާނެކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

މިއީ ދުނިޔޭގެ ރިކޯޑެކެވެ. 3 ލައްކަ ރުފިޔާއިން އަޅާ ލެވޭ ކްލާސްރޫމް އެކަމަށް އެއްވެސް ވަސީލަތެއް ޤާބިލު ކަމެއް ނެތް، އެކަމަށް މެންޑޭޓެއް ނެތް, މެޝީނަރީ އާއި، މީހުންނާއި ފައިސާ ވެސް ނެތް އެފްޑީސީއާ 2 ކުލާސް ރޫމް އަޅަން ހަވާލު ކުރީ، އެތާ ތެރެއިން ވަގަށް ފައިސާ ނެގުމަށް މުއިއްޒުއަށް ފަސޭހަ ވާނެތީއެވެ.

މުއިއްޒު ކޮރަޕްކުރަން ބޭނުންނުވާ ހަމަ އެންމެ އެސްއޯއީއެއްވެސް ނެތެވެ. އެތަނަކުން ދިމްޔާތަށް ފައިސާ ނުވަންނަ ތަނެއް މިއަދަކު ނެތެވެ.

ޕްރޮޖެކްޓް ހިންގަން ރާވާފައިވާ ގޮތަކީ ސަބް ކޮންޓްރެކްޓަށް ޕްރޮޖެކްޓްދީ އެ ބަޔަކަށް އެ ފައިސާ ދޫކޮށްގެން ދިމްޔާތަށް އެފައިސާ ވެއްދުމެވެ. ދިމްޔާތަށް ފަސޭހަކޮށް 5.1 މިލިއަން ރުފިޔާ މިއިން ވަންނާނެއެވެ. ޕްރޮޖެކްޓްގެ %98 އަކީ ވައްކަމެވެ. ދަރިވަރުންގެ ތައުލީމު މަތިކޮށް، މިވަރު ވައްކަމެއް ރޯމާ ދުވާލު ކުރަން ކެރުނީތީ ރައްޔިތުން އެތިބީ އާޝޯހުވެފައެވެ.