ޚަބަރު

ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، ބީއެމްއެލް އިން ޚަރަދު ކޮށްގެން އަޅާ އޭޓީއެމްތައް ހުޅުވަން މުއިއްޒު ބޮޑެތި ރަސްމިއްޔާތު ބާއްވާތީ ރައްޔިތުން ކުރަނީ މަލާމާތް

ދިޔަވަރު
ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، ބީއެމްއެލް އިން ޚަރަދު ކޮށްގެން އަޅާ އޭޓީއެމްތައް ހުޅުވަން މުއިއްޒު ބޮޑެތި ރަސްމިއްޔާތު ބާއްވާތީ ރައްޔިތުން ކުރަނީ މަލާމާތް

ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، ބީއެމްއެލް އިން ޚަރަދު ކޮށްގެން އަޅާ އޭޓީއެމްތައް ހުޅުވަން މުއިއްޒު ބޮޑެތި ރަސްމިއްޔާތު ބާއްވާތީ ސޯޝަލް މީޑިޔާގައި މުއިއްޒަށް މަލާމާތް ކޮށްފިއެވެ. ވަކި ސޯޝަލް މީޑިޔާގައި އެކަންޏެއް ނޫނެވެ. ސައި ހޮޓާ ތަކުގައި އާއި، ރަށްރަށުގެ މައިޒާން ތަކުގައިވެސް މީހުން ހީ ހީ ފައި އެ މަލާތް ކުރަނީ އެކަމާއެވެ.

އޭޓީއެމް ހުޅުވަން ބޮޑު ރަސްމިއްޔާތު ބޭއްވުމަކީ ވެރިއެއްގެ ހުރި ނުކުޅެދުންތެރިކަމާއި، އިންތިހާއަށް އޮތް ނާ ގާބިލު ކަން ފެނިގެންދާ ކަމެއްކަން ނުދަންނަ ދިވެހިރައްޔިތެއް ނެތެވެ. އަދި އެއިން ރަމްޒު ކޮށްދެނީ ގޮތް ހުސްވެ، ޑެސްޕަރޭޓް ވެފައި ވެރިއެކެވެ.

މުއިއްޒުގެ މިނިސްޓަރުންނާއި، ދަތުރަށް މާލެއިން ވަޑައިގެންނެވި ވަގުންގެ ނެޓްވޯކުން ސަފު އަތުރާލައި، މުއިއްޒު ރިބަން ކަނޑައި، އޭޓީއެމްގެ ފިތަކަށް އިނގިލި އޮބާލައި އެ ހުޅުވާލާ އޭޓީއެމްގެ ޚިދުމަތެކޭ، ދެ ޤައުމެއްގެ ދެމެދު އަޅާލާ ބްލެޓް ޓްރެއިންގެ ޚިދުމަތް ފެށުމެކޭ އެއް ފެންވަރަކަށް މުނާސަބާ ބާއްވައެވެ.

ލަދު ހަޔާތް ކުޑަ މިންވަރަކީ މިއިން ޕްރޮޖެކްޓަކަށް ސަރުކާރުގެ ބަޖެޓުން ލޯ ލާރިވެސް ޚަރަދު ނުކުރާ ތާގައި، އިފްތިތާހުކޮށް ހުޅުވަން ގޮސް ހުންނަ ހުރުމެވެ. ބަޔަކު ލަދުން ބޯ ހަލާކުވެދާނެއެވެ. މީގެ 50 އަހަރު ކުރިން ރާއްޖޭގެ ރަށްރަށުގައި ދިރާގުން ފޯނު ބޫތު ބެހެއްޓި އިރު، ރައީސް މައުމޫނެއް އެ ހުޅުވާކަށް ނުދެއެވެ. މިހާރު ހުރި ވެރިމީހާ އަކީ، އެހެން މީހުންގެ މަސައްކަތުން ކްރެޑިޓް ހޯދުމުގައާއި، ކަމަކަށް ނުވާ ކަންކަން ފާހަގަކޮށް މުނާސަބާ ބޭއްވުމުގައި ދުނިޔޭގައި އެއްވެސް ޒަމާނަކު އެއްވެސް ވެރިއަކު ގޮސްފައި ނުވާ ދަރަޖައަށް ގޮސް އަމަލުވެފައިވާ މީހެކެވެ.