މަޖިލީސް މެމްބަރުން މައިތިރި ކުރަން، މުސާރަ ބޮޑު ކުރަން ފަލާހު އާއި ޝުޖާޢު މުއިއްޒު އާއި މަޝްވަރާ ކޮށްފިއެވެ. ޝުޖާޢު އަށް އެތައް ސަތޭކަ މިލިއަން ރުފިޔާއަށް ސީދާ ދިމްޔާތަށް ފައިސާ ވެއްދުމަށް ދިން ދިނުމަށްފަހު، އަދި މުއިއްޒުގެ މެދުވެރިކޮށް މެމްބަރުން މައިތިރި ކުރުމަށް އެތައް މިލިއަނެއް އެކި ފަރާތްތައް މެދުވެރިކޮށް ވަކި ބައެއްގެ އަތަށް ދިނުމަށްފަހު، އެ ރިޝްވަރުގެ ފައިސާ މަޖިލީސް މެމްބަރުންނަށް ހަމައަށް ނުލިބޭ މައްސަލަ ހައްލު ކުރުމަށް މުއިއްޒު ވިސްނަމުން ދަނީ މަޖިލީސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށެވެ.
މުއިއްޒުގެ ނަން ކައްޒާބުގެ ނަމުން ވަގު ކައްޒާބަށް މިހާރު ދަނީ ބަދަލު ވަމުންނެވެ. ވައްކަން ކުރުމުގައި މުއިއްޒު ދިވެހި މުޅި ދިވެހި ދައުލަށް އެފުށް މިފުށަށް ޖަހާފައެވެ. ދިވެހި ރައްޔިތިން ތަހައްމަލު ކުރަމުންދާ ނިކަމެތި ފަގީރު ކަމަކީ ސީދާ ރައީސް މުއިއްޒުގެ ވައްކަމުގެ ނަތީޖާއެވެ.
މުސާރަ ބޮޑު ކުރިޔަސް ގިނަ މެމްބަރުން ތިބީކީ މުއިއްޒަށް ރުހިގެން އަޅުވެތިވެގެން ތިބޭ ގޮތަކަށް ނޫން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
މަޖިލީހުގެ ތެރެއިން އާންމު ތިން މެމްބަރަކު ލައްވައި މިކަން ކުރުވީ ފަލާހު އިސްވެ ހުރެ، މިއީ އާންމު މެމްބަރުން ބޭނުންވާ ގޮތެއް ކަމަށް ދެއްކުމަށެވެ. މިކަމުގެ ފަހަތުގައި ހުރީ ރައީސް މުއިއްޒުއެވެ.
މި ދައުރުގެ މަޖިލީސް މެމްބަރުންނަކީ ފިނޑި ބައެއް ކަމަށް ބުނެ، ގިނަ ފާޑު ކިޔުންތަކެއް ދަނީ އޮހެމުންނެވެ. ކޮންމެ ސަބަބަކާއި އެކުވެސް، މުއިއްޒު އާއި އެކީ ތިބޭ މަޖިލީސް މެމްބަރުންނެއް ދެވަނަ ދައުރަކަށް ދެން ނުހޮވޭނެ ކަން މިހާރު ވަނީ ގިނަ މެމްބަރުންނަށް ޔަގީން ވެފައެވެ.