ޚަބަރު

މުއިއްޒުގެ އަތުން ޝިއުނާ އަށް ކޮންމެ މަހަކު 90 ހާސް ރުފިޔާ

ދިޔަވަރު
މުއިއްޒުގެ އަތުން ޝިއުނާ އަށް ކޮންމެ މަހަކު 90 ހާސް ރުފިޔާ

ޕީ.އެން.ސީގެ އެތެރޭގެ ކަށަވަރު މަޞްދަރުތަކުން ދިޔަވަރު ނޫހަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ޕީއެންސީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝިއުނާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަހަކު 90,000 ރުފިޔާ ދެއްވައެވެ.

މީގެ އިތުރުން އެއްވެސް މަސައްކަތެއް ނުކޮށް އެއަރޕޯޓްސް ކޮމްޕެނީގައި 35،000ރ ނަގައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ލިބެނީ ޑޮލަރުންނެވެ.

މި ފައިސާ ދެއްވަނީ ދެ ޓްވިޓަރ އެކައުންޓެއް ކަމަށްވާ "ޒުވާން ޖީލު" އަދި "ރައީސް މުޢިއްޒު" ހިންގުމަށް ކަމަށް ބުނެވެއެވެ.

މުއިއްޒު އަތުން އެއްވެސް ފައިސާ އެއް ނުނަގާ ޓްވީޓް ކުރަމުންދާ ފަރާތްތަކުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދައްކަން ފަށާފައެވެ.

މީގެ އިތުރުން ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުން ދަނީ، ރައީސް ޑރ. މުޢިއްޒު މިފަދަ ބޮޑު އަދަދެއް ޝިއުނާ އަށް ދެއްވުމަށް ބޭނުންކުރައްވަނީ ކޮން ފައިސާއެއްތޯ އަހައި ސޯޝަލް މީޑިޔާގައި ދަނީ ސުވާލު އުފައްދަމުންނެވެ.

މި ވާހަކައާއި ގުޅޭގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ހާމަ ކޮށްފައެެއް ނުވެއެވެ. ރައީސް މުއިއްޒު ދަނީ ކޮރަޕްޝަނުގެ ގޮތުގައި އެސްއޯއީތައް މެދުވެރިކޮށް ހޯދާ އެކި އެކި ފައިސާއިން އޭނާގެ ސިޔާސީ ކަންކަމަށް ޚަރަދު ކުރަމުންނެވެ.