ޚަބަރު

ހައްޖުގެ އަޅުކަމުން ވައްކަންކޮށް، މީހުންގެ ހައްޤުތަކަށް އަރައިގަތު މަކީ ރަނގަޅު ސައްހަ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް މަޖިލީހުގައި ވިދާޅުވެއްޖެ

ދިޔަވަރު
ހައްޖުގެ އަޅުކަމުން ވައްކަންކޮށް، މީހުންގެ ހައްޤުތަކަށް އަރައިގަތު މަކީ ރަނގަޅު ސައްހަ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް މަޖިލީހުގައި ވިދާޅުވެއްޖެ

ހައްޖުގެ އަޅުކަމުން ވައްކަންކޮށް، މީހުންގެ ހައްޤުތަކަށް އަރައިގަތު މަކީ ރަނގަޅު ސައްހަ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

އިސްލާމީ ހަޟާރަތުގައި، އެކި އެކި ޒަމާން ތަކުގައި، ދައުލަތުގެ ފަރާތުން އިހުސާން ތެރިކަން ފޯރު ކޮށްދީފައިވޭ. ދައުލަތުގެ ފަރާތުން ދޭ ހަދިޔާ އެއީ ވަރަށް ބޮޑު މަތިވެރި ހަދިޔާއެއް ހައްޖުގެ. އެހެން ކަމުން އޭގެ ތެރެއިން ހައްޖަށް ދާ މީހުންގެ ހައްޖަކީ އިރާދަ ކުރެއްވިޔާ ސައްޙަ ރަނގަޅު ގޮތުގައި ކުރެވޭ ހައްޖެއް

ކަމަށް މަޖިލިހުގައި ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް ހައްޖު މިގޮތަށް މީހުންގެ ހައްޤަކަށް އަރައިގެން ކުރުމަކީ ސައްޙަ ނުވަތަ ރަނގަޅު ގޮތުގައި ކުރެވޭ ހައްޖެއް ނޫނެވެ. މިއީ މީހަކު ހައްޖަކަށް ދާނެ އެންމެ ނުބައި ނުލަފާ އެއް މަގެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލް އެއްކޮށް ނުލާށެވެ. އަދި ތިޔަބައިމީހުންނަށް އެނގިތިބެ ޙައްޤު ނުފޮރުވާށެވެ."
(ސޫރަތުލް ބަޤަރާ 2:42)

ނަމަވެސް މިކަމުގައި ކަން އޮތް ހަގީގަތް އެނގި ހުރެ، އިސްލާމިކް މިނިސްޓަރ ވަނީ ނުބައިކަން ބޮޑު ފާފަތަކާއި މުންކަރާތްތައް ހަލާލު ކޮށް ވާހަކަ ދައްކާފައެވެ. މިއީ އިސްލާމިކް މިނިސްޓަރަކަށް ހުރެ ގިނަ ބަޔަކު މަގު ފުރެއްދުމަށް އިސްލާމީ ހަމަ ތަކާއި، ދީނީ އުސޫލާއި ސީދާ ޚިލާފަށް ޝަހީމް ދައްކާފައިވާ ވާހަކައެވެ.

މީގެ ކުރިން ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިޔޯއަކުން ސާފުކޮށް ފެންނަ ގޮތުގައި، ޝަހީމް ވަނީ އަންހެން ކުއްޖަކާއި އެކީ ގައިގޯޅިކޮށް އުޅުމަށް ފަހު، ބޮނަކުއަރ ފުޅިއެއް ހިފައިގެން ވަކިން ކޮޓަރިއަކަށް އެ އަންހެން ކުއްޖާއި އެކީ ވަދެފައެވެ.

ޝަހީމަކީ އިސްލާމީ ޤައުމެއްގެ އިސްލާމިކް މިނިސްޓަރަކަށް ގެންނަން ހެޔޮވާނެ ވަރުގެ މީހެއް ނޫނެވެ. ޝާހީމުގެ ފާހިޝް ކަމާއި، ދީނަށް ކުރާ މިފަދަ ފުރައްސާރަ ތަކަކީ ލާދީނީ އަމަލުތަކެކެވެ.

އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް (އަޙްކާމް) ނެގެނީ:

  1. ޤުރުއާނުން
  2. ޞައްޙަ ސުންނަތުން (ޙަދީޘް)
  3. އިޖުމާޢުން
  4. ޤިޔާސްއިން (މަތީގައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް)

"އިސްލާމީ ހަޟާރާތް" ނުވަތަ "ތާރީޚުގައި ކުރެވުނު ކަންތައްތައް" އަކީ ޝަރުޢީ ޙުކުމްތައް ނުވަތަ ފިޤުހު ނެގޭ މަޞްދަރެއް ނޫނެވެ.

ނަބިއްޔާ ﷺ ހަދީސް ކުރައްވާފައިވެއެވެ:
"ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ މެދުގައި ދެއެއްޗެއް ދޫކުރައްވަމެވެ. ތިޔަބައިމީހުން އެ ދެއެއްޗެއްގައި ހިފަހައްޓާފިނަމަ، ތިޔަބައިމީހުން ހަލާކެއް ނުވާނެއެވެ: އެއީ ﷲގެ ފޮތާއި ތިމަން ކަލޭގެފާނުގެ ސުންނަތެވެ." (މުވައްޠާ މާލިކު، ޙާކިމް)

ކަން މިހެން ހުރިއިރު، ކީރިތި ރަސޫލާ ﷺ ގެ ކާފަ ދަރިފުޅު ހުސެއިންގެ ފާނު، ކަރުބަލާގައި ޝަހީދު ކޮށްލީ އިސްލާމީ ޚިލާފަތުގެ 6 ވަނަ ޚަލީފާ ޔަޒީދު އިބްނު މުއާވިއަތުގެ ޚަލީފާކަމުގައި އޭނާ ކޫފާއަށް (މިހާރުގެ އިރާގުގެ ސަރަހައްދަށް) އޭނާ އައްޔަން ކޮށްފައިވާ ގަވަރުނަރު ޒިޔާދުގެ އަމުރަށެވެ. އެއަށް ފަހު، މަދީނާގައި ތިބި މުސްލިމުން އެކަމާއި ދެކޮޅު ހެދުމުން، މަދީނާ އަށް ހަމަލާދީ، މަދީނާގައި އޭރު ދިރި ތިބި ރަސޫލާ ﷺ ގެ މަދު ސަހާބީން ގަތުލުކޮށް، އެމީހުންގެ ދަރިން މަރައި، އަންހެނުންގެ އިއްފަތްތެރިކަން ނަގާފައިވަނީ ހަމަ ޚަލީފާ ޔަޒީދު އިބްނު މުއާވިއަތުގެ ވެރިކަމުގައެވެ. އެންމެ ފަހުން މައްކާގެ ބިމުގެ ހުރުމަތް ކަނޑައި މައްކާއަށް އަރަން ފައުޖުތައް ތައްޔާރު ކޮށްގެން ހުއްޓާ އޭނާގެ އަޖަލު އައިސް ޖެހުނީއެވެ.

ނުބައިވެރިން މުއިއްޒު ނޫނަސް އިސްލާމީ ޤައުމުތަކާއި، އިސްލާމީ ހަޟާރަތާއި، އިސްލާމީ ޚިލާފަތް ދެކިފައިވެއެވެ. މިފަދަ ނުބައި ވެރިން އަމަލު ކޮށްފައިވާ ގޮތް ގޮތް އެއީ އިސްލާމީ ފިގުހު ނުވަތަ ނުބައި އަދި ރަނގަޅު ހޯދަން ބޭނުން ކުރެވޭނެ މަސްދަރެއް ނޫނެވެ.

ކުރީގެ މުސްލިމް ޚިލާފަތެއްގައި ނުވަތަ ޒަމާނެއްގައި ކަމެއް ހިނގާފައިވުމަކުން އެކަމަކީ ރަނގަޅު ކަމަކަށް ނުވެއެވެ.ތާރީޚުގައި ގިނަ ވެރިން "އިސްލާމީ ހަޟާރާތުގެ" ވެރިންކަމަށް ބުނިނަމަވެސް، އަނިޔާވެރި ޢަމަލުތައް ހިންގާފައިވެއެވެ.

އަޅުގަނޑުމެން މުސްލިމުންގެ ޢަމަލުތައް ވަޒަންކުރަނީ ޤުރުއާނާއި ސުންނަތުންނެވެ، ތާރީޚުގައި ހިނގާފައިވާ ކަންތައްތަކަކުން ނޫނެވެ.

ޤުރުއާނުގައި މިފަދަ މީހުންނަށް އިންޒާރުދެއްވާފައިވެއެވެ:
"އަދި އެބައިމީހުންނަށް 'ﷲ ބާވައިލެއްވި ތަކެއްޗަށް ތަބާވާށޭ' ބުނެވޭ ހިނދު، އެބައިމީހުން ބުނަނީ 'އަހަރެމެންގެ ކާބަފައިން ޢަމަލުކުރަމުން އައި ގޮތަށް އަހަރެމެން ތަބާވާނަމޭ.' އެބައިމީހުންގެ ކާބަފައިން އެއްވެސް އެއްޗެއް ނުދަނެ ތިބި ކަމުގައިވިޔަސް، އަދި ތެދުމަގު ނުލިބިތިބި ކަމުގައިވިޔަސްހެއްޔެވެ؟" (ސޫރަތުލް ބަޤަރާ 2:170)

ޙައްޖަކީ ޖިސްމާނީގޮތުން ކުޅަދާނަ އަދި މާލީގޮތުން ކުޅަދާނަވެގެން ވާޖިބުވެގެންވާ އަޅުކަމެކެވެ:

މުއިއްޒު ހައްޖަށް ފޮނުވާފައި ވަނީ ކުރިން ޙައްޖު އަދާކޮށްފައިވާ މީހުންނާއި، ހައްޖު ވާޖިބު ނުފާ ފަރާތްތަކެވެ. މީހުން ހައްޖަށް ފޮނުވީ ސިޔާސީ ގޮތުންނެވެ. މިގޮތަށް މީހުން ހައްޖަށް ފޮނުވުމަކީ ދީނުގައި ކަނޑައެޅިގެން މަނާ ކަމެކެވެ.

އެހެން މީހެއްގެ ޙައްޖުގެ ފުރުޞަތު ނިގުޅައިގަތުމަކީ އިސްލާމް ދީނުގައި ޒުލްމުގެ (އަނިޔާވެރިކަމުގެ) ބާވަތެކެވެ.

ނަބިއްޔާ ﷺ ހަދީސް ކުރެއްވިއެވެ:
"ޒުލްމުވެރިވުމުން ސަލާމަތްވާށެވެ. ހަމަކަށަވަރުން ޒުލްމަކީ ޤިޔާމަތް ދުވަހުގެ އަނދިރިކަމެވެ." (އިމާމް މުސްލިމް)

ނަބިއްޔާ ﷺ އިތުރު ހަދީސެއްގައި ވެއެވެ.
"ހަމަކަށަވަރުން ﷲ އީ ޠާހިރުވަންތަ އިލާހެވެ. އެއިލާހު ޤަބޫލުކުރައްވަނީ ޠާހިރު ތަކެއްޗެވެ." (އިމާމް މުސްލިމް)

އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަން އެޠާހިރު ގޮތް ނަގާލައި، ކުރުމަކީ އެ އަޅުކަން މާތްﷲ ޤަބޫލު ކުރުމާއި މެދުވެސް ސުވާލު އުފެދޭ ކަމެކެވެ. ޔަގީން ކަމާއި އެކު އެކަމުގައި ވަށައިގެންވާ ފާފައާއި، މީހުންގެ ހައްޤުތަކަށް އަރައިގަނެ ސަރުކާރުން އެ ފުރުޞަތު ދިން ވެރިންނާއި، ބައެއްގެ ހައްޖު ވަގަށް ނަގައިގެން ހައްޖަށް ދިޔަ މީހުންނާއިމެދު ސުވާލުކޮށް، އެމީހުންނަށް އަޒާބު ދެވި، އިންސާފު ގާއިމު ކުރެވޭ ދުވަހެއް ކަމުގައި ނޫނީ އާޚިރަތް ދުވަސް ނުވެއެވެ.