ޗައިނާގެ އެމްބަސަޑަރ އާއި އިއްޔެ ބައްދަލު ކުރި ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް، ޗައިނާއިން މުއިއްޒުގެ ސަރުކާރަށް އެހީ ނުވަނީ ކީއްވެތޯވެސް އަހާލަން ނުކެރުނެވެ.
މުއިއްޒުގެ މުށުތެރޭ ފިތި މިނިވަން ކަން ގެއްލި، އަޅުވެތި ބައެއް ގޮތުގައި ސިފަވަމުންދާ މިދައުރުގެ މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުންނަކީ އިލްމީ ގޮތުން އިންތިހާއަށް ނާގާބިލު، ތަސައްރަފު ކުޑަ ބަޔެކެވެ. ޑިޕްލޮމަސީ އެއްވެސް މިންވަރަކަށް ނުދަންނަ އިރު، ރައްޔިތުން ބާރަށު ދާއިރާއަށާއި، ވިލިމާލެ ދާއިރާއަށާއި، ބައެއް އެހެން ދާއިރާތަކަށް ހޮވާފައި ވަނީ ވައްކަމުގެ ލައް ޖެހިފައިވާ މުޖުރިމުންތަކެކެވެ.
ޕީއެންސީ ޕީޖީ ގްރޫޕް އާއި ހަވާލުވެ ހުންނެވި، ފަލާހަކީވެސް ވައްކަމާއި، ފޭރުމުގައި އަރާހުންނެވި ފަރާތެކެވެ. އިލްމެއް ތަނެއް ދޮރެއް ނުދަތަސް ވައްކަން ކުރުމުގައި ހުންނެވީ ނުހަނު ކުރީގައެވެ.
މިފަދަ މީހުންގެ ސަބަބުން މުޅި މަޖިލީހުގެ ބާރު ފަސޭހަ ކަމާއި އެކު މުއިއްޒު ނަގާފައިވާއިރު، ޗައިނާގެ އެމްބަސަޑަރ އާއި އެކު ދަރިވަރުންތަކެއް ކުލާހުގައި އެތުރި ތިބޭހެން ގަޑި ދެގަޑި އިރު، ޗައިނާއިން ނަގާދޭ ފިލާވަޅު އަޑުއަހަން އަސާސީ ކުލާހެއްގައި އިންނަހެން ތިބުމަށްފަހު ނުކުމެގެން އައީ ކުޑަ މިނުން މުއިއްޒުގެ ސަރުކާރަށް ޗައިނާއިން އެއްވެސް އެހީއެއް ނުވަނީ ކީއްވެތޯވެސް އަހާލަން ނުކެރިއެވެ. ވަކި ކަމެއް ނެތި ހުރިހާ ކަމެއްގައިވެސް މި ދައުރުގެ ޕީއެންސީ މެމްބަރުންނަކީ އިންތިހާއަށް ފިނޑި ބައެކެވެ.
ޗައިނާގެ ކުންފުނިތަކަށް ހަވާލު ކުރި ޕްރޮޖެކްޓްތައް ނުފެށި އެކުންފުނިތައް ފިލާފައިވަނީ ކީއްވެތޯވެސް އަހާ ނުލިއެވެ. މާލޭގެ މަގު ހެދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް އަހާ ނުލިއެވެ.
ވިލިމާލޭގައި އަޅާ ހޮސްޕިޓަލަށް ވީ ގޮތެއްވެސް އަމުދަކުން އަހާލަން ނުކެރުނެވެ. 2 އަހަރު ވެގެން ދަނީ އެވެ. ޗައިނާއަކުން މުއިއްޒަށް އަޅާ ނުލިއެވެ. ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓު ނުވެ މިއަދު މިހުރީ އިންޑިޔާއިން ދޭ މާލީ އެހީތަކުގެ ސަބަބުންނެވެ. ޗައިނާ އިން މުކޮސްވެސް ނުދިނެވެ.
ކޮންމެ މެމްބަރަކަށް ދެތިން ވަޒީފާ ދީގެން ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި 50 ހާސް ދީގެން މުއިއްޒުގެ މުށުތެރެއިން މަޖިލީހުގެ ކޮށިތެރެއަށް ހިނގާ ގޮސް އުޅޭ ފިޔަ ކޮށާފައި ތިބި ފިނދަނަ ތަކަކަށް އަމިއްލަ ބުއްދިން ވިސްނުމެއް އައިސް ސުވާލެއް ކޮއްލަން އަމުދަކުން ނޭނގޭނެތާއެވެ.