ކުދި ވިޔަފާރިތަކަށް ފައިސާ ނުދީ ބަނގުރޫޓު ކުރަމުންދާ މައްސަލާގައި އެ އާއިލާތަކުން މަޖިލީސް މެމްބަރުންނާއި ވާހަކަ ދައްކައި ޒަމީރުގެ ނޯކޮންފިޑެންސް ވޯޓަކަށް މަސައްކަތް ކުރަންފަށައިފި ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
އޭނާ ހާމަ ކުރި ގޮތުގައި ޒަމީރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދަނީ އެތައް ހާސް އާއިލާއެއް ރާއްޖޭގައި ބިކަ ކޮށް ފަގީރު ކޮށްފައިވާ މައްސަލާގައެވެ. އެންސިސް އަށް އެތައް ސަތޭކަ މިލިއަނެއް ދޭން ފައިސާ ހުރި އިރު، މިހާރު މި މަހުވެސް އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ދޫކުރެވެން ނެތް ކަމަށް ޒަމީރުގެ މިނިސްޓްރީއިން ކޮންޓްރެކްޓަރުންނަށް އަންގާފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ.
ކޮންޓްރެކްޓަރުން ނަށް ފައިސާ ނުދޭތާގައި ފާއިތުވި 3 މަހުވެސް، ބޮޑުތަނުން ބަޖެޓް އަރަނިވެފައި ވާކަމަށް ފިނޭންސުން ވަނީ ހާމަ ކޮށްފައެވެ. މިއިން އެނގެނީ ފައިސާ ހަމަ ހުރި ކަމާއި، ފައިސާ ދޫ ނުކޮށްގެން އުޅެނީ އާންމު ރައްޔިތުންގެ ޙައްޤުތަކަށް ގަސްތުގައި ފިނޭންސް މިނިސްޓަރ އަރައިގަނެގެން ކަމަށް އޭނާ ހާމަ ކުރިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި މަޖިލީސް މެމްބަރު ވަނީ، އެސްއޯއީ ތަކުން ފައިސާ ނުދިނުމުން ކޯޓުން ބީއެމްއެލްގައި ހުރި އެސްއޯއީގެ ފައިސާ ނަގައި، ކޮންޓްރެކްޓަރުންނަށް ދިނުމަށް ކޯޓު އަމުރު އެންގުމުންވެސް، އެ ފައިސާ ނުދީ ކޯޓު އަމުރާއި ޚިލާފުވަމުން ފިނޭންސް މިނިސްޓަރ ޒަމީރު ދާ ކަމަށެވެ.
ވިހާވެސް ގިނަ ކޮންޓްރަކްޓަރުންނާއި، ސަޕްލަޔަރުން ފިނޭންސް މިނިސްޓަރ ޒަމީރުގެ ނޯކޮންފިޑެންސް ވޯޓަށް ތާޢީދުކޮށް މަޖިލީސް މެމްބަރުންނާއި ގުޅުއްވުމަށް އޭނާ އެދިފައިވެއެވެ.