މާކުރިން ކުރިން ޕާކިސްތާނުގެ މިލިޓަރީގައި އުޅުނު، މިހާރު މިލިޓަރީއިން ވަކި ކޮށްފައިވާ، ގޮތް ނޭނގޭ ބަޔަކު ގެނެސް އެމްއެންޑީއެފްގެ ޓްރެއިނިންގ ތަކެއް ސަރުކާރުން ބާއްވައިފި ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފިއެވެ.
ޕްރައިވެޓް ކުންފުނިތައް ލައްވައި މިލިޓަރީ ޓްރެއިނިންގ، ހެދުމަކީ އާންމުކޮށް ރާއްޖެއިން ކުރާ ކަމެއް ނޫނެވެ. އަދި ޕާކިސްތާނު ފަދަ އެޤައުމެއްގެ ކުރީގެ މިލިޓަރީ މީހުންނާއި، ޓެރަރިޒަމް އާއި ގުޅިފައިވާއިރު، އެފަދަ ބަޔަކާއި އެކު ދިވެހި ސިފައިން ޓްރެއިނިންގ ގެންދިޔުމަކީ ރާއްޖޭގެ މިލިޓަރީ ހާލަތު ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އެނގި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މި ސަރުކާރުން މަގުފަހިކޮށް ކޮށްފައިވާ ވަރަށް ނުރައްކާތެރި ކަމެކެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚަވާޖާ މުޙައްމަދު އާސިފް މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައިވަނީ "ޕާކިސްތާނުން ވަނީ ފާއިތުވި 30 އަހަރުގެ މުއްދަތުގައި އެމެރިކާ އަދި ބްރިޓޭން ހިމެނޭ ހެން އެމީހުންގެ "ޑަރޓީ މަސައްކަތްތައް" ކޮށްދީފައި" ކަމަށެވެ. ޕާކިސްތާނުން ޓެރަރިސްޓުން އުފައްދާ ކަމަށް އެއްބަސްވެ، ލައިވްޓީވީގައި އޭނާ އެވާހަކަ ހާމަ ކުރިއެވެ. ދުނިޔޭގައި އެންމެ ގިނަ ޓެރަރިސްޓް ޖަމާއަތްތައް ހުރި ޤައުމަކީ ޕާކިސްތާނެވެ.
ކަޝްމީރުގައި ޕާކިސްތާނުން ދާދި ފަހުން ޓެރަރިސްޓް ހަމަލާއެއް ދީ މުސްލިމުން ބިރުވެރި ހާލަތަކަށް ގެނައި އިރު އެކަމަށް ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން ޒިންމާ ނެގުމަށްފަހު އެ ޒިންމާއިން ރެކުނެވެ. މިކަން ޓެރަރިސްޓް ހަމަލާ ޕާކިސްތާނުން ކުށްވެރި ކޮށްފައެއް ނުވެއެވެ.
ޕާކިސްތާނަކީ މުސްލިމުންނަށް ހުތުރު ނަން ލިބޭހެން އެމެރިކާ އޭގެ އަޑީގައި އޮވެގެން އުފައްދާ ޓެރަރިސްޓުންގެ މައި ހާއްޔެވެ. އެފަދަ ޤައުމެއްގެ ކުރީގެ ސިފައިން ގެނެސް ރާއްޖޭގެ ދިފާއީ ހާލަތު އޮތްގޮތް އެނގޭނޭހެން މިލިޓަރީ ޓްރައިނިންގ ތަކެއް ދިނުމަށް ޕާކިސްތާނުގެ ޕްރައިވެޓް ކުންފުންޏެއް ބޭނުން ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ ސަރުކާރުން ރައްޔިތުން ބުނެދޭން ޖެހެއެވެ. މިއީ ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫނު މަޖިލީހަށް ހާޒިރު ކޮށްގެން ސުވާލު ކުރަންޖެހޭ ބޮޑު މައްސަލައެކެވެ.