ޚަބަރު

ޑޮލަރުގެ އަގު ދަނީ މައްޗަށް، ވެރިކަމުގައި 5 އަހަރު މުއިއްޒު ބަހައްޓައިފިނަމަ 40ރ އަށް ރޭޓު އަރާނެ: ބީއެމްއެލްގެ އޮފިޝަލެއް

ދިޔަވަރު
ޑޮލަރުގެ އަގު ދަނީ މައްޗަށް، ވެރިކަމުގައި 5 އަހަރު މުއިއްޒު ބަހައްޓައިފިނަމަ 40ރ އަށް ރޭޓު އަރާނެ: ބީއެމްއެލްގެ އޮފިޝަލެއް

ޑޮލަރުގެ އަގު މައްޗަށް ގޮސް، ވެރިކަމުގައި 5 އަހަރުގެ ދައުރު ނިމެންދެން މުއިއްޒު ބަހައްޓައިފިނަމަ 40ރ އަށް ޑޮލަރެއް އަރާނެ ކަމަށް ބީއެމްއެލްގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

މުއިއްޒު ވެރިކަމަށް އައި އިރު ޑޮލަރު 16.7ރ އަށް ގަންނަން ފަސޭހަ ކަމާއި އެކު ލިބެއެވެ. ދޮޅު އަހަރު ތެރޭ ޑޮލަރުގެ އަގު 2.20ރ އަށް ވަނީ އަރާފައެވެ. މިއީ ދުނިޔޭގެ ތާރީޚެއްގައި މިހާ އަވަހަަށް ފައިސާ އެއްގެ އަގު ވެއްޓިގެން މި ސަރަހައްދުގައި ދިޔަ ފުރަތަމަ ފަހަރެވެ.

ރުފިޔާގެ އަގު ރުޕީސް އާއި އެއްވަރަކަށް ވެއްޓެން ދާއިރު، މި ހާލަތަށް ޑޮލަރުގެ މައްސަލަ ގޮސްފައި ވަނީ، ރިސޯޓުތަކުން ޑޮލަރު މާރުކުރަން މުއިއްޒު މަޖުބޫރު ކުރުމާއި ގުޅިގެންނެވެ.

ޑޮލަރު ނުލިބިގެން ބޭސްފަރުވާ އަށް އާންމުން ބޭރަށް ނުފުރި ތިބި އިރު، ވިޔަފާރި ވެރިންނަށް %30 ދޭނެ ކަމަށް ބުނެވެސް ރައީސް މުއިއްޒު ހެއްދެވީ ދޮގެވެ. މަދު ވިޔަފާރި ތަކަށް ނޫނީ %30 ޑޮލަރެއް ބީއެމްއެލް އިން ނުދޭއިރު، ބާކީ %70 ޑޮލަރު ބޭރުން ގަތުމަކީ ވިޔަފާރިތަކަށް އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފެކެވެ.

މިކަމުގެ ނަތީޖާއެއް ގޮތުން ތަކެތީގެ އަގު ވަނީ މައްޗަށް އަރާފައެވެ. ޑޮލަރު އަގު މައްޗަށް އެރުމުގެ ޒިންމާ ހަމައެކަނި ނަގަން ޖެހޭ ފަރާތަކީ ރައީސް މުއިއްޒުއެވެ. ރާއްޖެއިން ވަންނަ ޑޮލަރު ބޭންކުތަކަށް މާރު ކުރަން ޖެއްސުމަށް ފަހު، އެ ޑޮލަރު އެމްއެމްއޭއަށް ނަގައި، ރައްޔިތުންނަށް އެ ޑޮލަރު ނުލިބޭ ގޮތް ވަނީ ހަދާފައެވެ. ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ދަތިހާލަކީ ރައީސް މުއިއްޒުގެ ސަރުކާރުން އުފެއްދި ހާލެކެވެ.