ރައީސް މުއިއްޒު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ތެޅި ފޮޅިގެން ދިޔައީ ތުރުކީއަށެވެ. އަމިއްލަ އަށް އާދޭސްކޮށްގެންނެވެ. ކުޑަމިނުން ފުރަމާނަ ދަތުރަކަށް ދައުވަތު ދޭނެ ޤައުމެއް ރާއްޖޭގައި ނުވި ހަމަ އެކަނި ވެރިކަށް މުއިއްޒު ވާނެއެވެ. ތުރުކީއިން އައީ ސައުދީ ރުޅި އަރުވާލަފައެވެ. އަދި އަދަަށް ދާންދެން ސައުދީ އާއި އޮތް ގުޅުން ރަނގަޅު ނުވެއެވެ.
ދެން ދުމެއް ޖަހާފައި ދިޔައީ ޗައިނާއަށެވެ. ދިޔަ ބާރު މިނުގައި އައިސް، އިންޑިޔާއަށް ބުލީ ނުކުރާށޭ ކިޔައި ހެއްދެވި ނެހެއްދެވީއިން ގޮވީ ފްލައިޓުން ފޭބި ގޮތަށެވެ.
ދަތުރުން އައިތާ 2 އަހަރު މި އޮއްގެން ވަނީއެވެ. ޗައިނާއިން ރާއްޖޭގައި އެއްވެސް މަސައްކަތެއް ކޮށް ނުދިނެވެ. ރާއްޖެއަށް ކޮށްދޭނެ މާކަ ބޮޑު ކަމެއްގެ ވައުދެއް ޗައިނާއިން ނުވެސް ވެއެވެ. ކުރާނެ ކަމަށް ނިންމީ، މާލޭގެ ބައެއް މަގުތައް ހެދުމާއި، ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމާއި، 55 ކައުސިލް އިމާރާތް އެޅުމެވެ.
ދެންހުރީ ޗައިނާގެ ކުންފުނިތަކުން ކުރާނެ ކަމަށް ބުނެ ހެދި އެއްބަސްވުމެވެ. މިއިން ކޮންމެ އެއްބަސްވުމެއް އޮތީ ރާއްޖެއަށް ނުލާހިކު ބޮޑަށް ގެއްލުން ވާހެނެވެ. ބޮޑު އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ޗައިނާ ކުންފުނިތަކަށް ދީ ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލަ އިތުރަށް ގޯސް ކޮށްލުމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުހިނގައެވެ.
މި ގޮތުން ލާމުގައި ބަނދަރު އެޅުމާއި، މިރީނާއަކާއި، އެއަރޕޯޓް އަކާއި، 4 މަސް ފެކްޓަރީ އެޅުމުން ފެށިގެން އެތައް ޕްރޮޖެކްޓެއްގައި ސޮއެ ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓެއް ނުފަށައެވެ. އަށް ވީ ގޮތެއް ނޭނގެއެވެ.
2 އަހަރު ފެށިގެން ދިޔައިރު މިއިން މަސައްކަތެއް ރާއްޖޭގައި ކުރުމުގެ ނިޔަތް ޗައިނާއިން ނުގެންގުޅޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ހަމަ އެއާއި އެކު މިއިން މަޝްރޫއެއް މިހާލަހުން ފަށާއިރު އަދި ނިންމަން ނަގާނެ ވަގުތު ވިސްނާލުން ރަނގަޅެވެ.
ޗައިނާއަކީ އިތުބާރު ކުރެވޭ ޕާޓްނަރެއް ނޫނެވެ. ރާއްޖެ ހާލު ޖެހޭ ވަގުތު އެހީ ނުވާނެކަން ލަންކާ ހާލުގައި ޖެހުނު ދުވަހު ޗައިނާއިން ހެދި ގޮތުން ސާފުކޮށް އެނގެއެވެ. ޗައިނާ ބޭނުންހާ ކަމެއް މުއިއްޒު ކޮށްދީގެން ޗައިނާ ފަދަ ބޮޑު ގައުމަކަށް ރާއްޖެއިން މި ވެރިކަމުގައި ހޯދި ފައިދާ އިންތިހާއަށް ބޮޑެވެ. އެއިން ފައިދާއެއް ލިބުނިއްޔާ ލިބުނީ ދިމްޔާތަށެވެ. ދިވެހި ޤައުމަކަށް ނުލިބެއެވެ.