ސިޔާސީ

މިއަދު އޮތީ މަޖިލީސް ރައީސްކަމުން ނަޝީދު ފައިބަން ޖެހުމުން، އޭގެ ހަސަދަ ބޭލުން! 

ދިޔަވަރު
މިއަދު އޮތީ  މަޖިލީސް ރައީސްކަމުން ނަޝީދު ފައިބަން ޖެހުމުން، އޭގެ ހަސަދަ ބޭލުން! 

މަޖިލީސް ރައީސް ކަމުން ނަޝީދު ފޭބީ އަރާނެ އިތުރު އެއްވެސް ގޮޅިއެއް ނެތިގެންނެވެ. ހުދުމުހުތާރު ޑިކްޓޭޓަރަކަށް ވެގެން، މަޖިލީސް ހިސާރުކޮށް، ރާއްޖޭގައާއި، ރާއްޖެއިން ބޭރުގައި އެމަނިކުފާނާއި މެދު ދެކޭގޮތް ބަދަލުވެ، ތާޢީދު ނެތި ގެއްލި ދިޔަފަހުންނެވެ.

މިއަދު ތިއްބެވީ، މަޖިލީހުގެ ރިޔާސަތުން ފައިބަން ޖެހުމުން ޣަރުގައިލި ހިތި ރަހަ ނުފިލައި، އޭގެ ހަސަދަ ރައްޔިތުންނަށް ބޭލުމުގައެވެ. މަޖިލީހުގައި ފިނޭންސް މިނިސްޓަރު ވަށާލައިގެން ލެވީ ހަޅޭކެވެ. ބަޖެޓު މަޖިލީހަށް ނުގެނެސްގެން މައްސަލަ ބޮޑު ކުރި ނަޝީދުގެ މެމްބަރުން، މިއަދު އުޅުނީ ބަޖެޓު މަޖިލީހުގައި އިއްވިޔަ ނުދިނުމަށެވެ.

އީވާ ދެފަރާތަށް އަތް އުކަމުން، އަނގަ ތަންމިނަށް ހުޅުވައި ކަރުބުޑުން ހަރުއަޑުން ހަޅޭލަވަމުން ފިނޭންސް މިނިސްޓަރާއި ދިމާލަށް ދިޔަ ހުތުރު މަންޒަރު، ރާއްޖޭގެ ރައްޔިތުން ތިބީ ބަލަންތިބީ ލަދުންނެވެ. މުގުލުގައި ހުންނަވައި ސާބަސް ދެމުންދިޔައީ ޑިމޮކްރެޓްސްގެ ޗެމްޕިއަންއިން ޑިކްޓޭޓަރަކަށް ބަދަލުވި ނަޝީދެވެ. އީވާ، ނަޝީދުގެ އިރުޝާދު ހޯއްދަވާ ތަންވެސް ވީޑިޔޯތަކުން ފެނެއެވެ.

މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދޭންޖެހުމުން، އެކަމުގެ ނަފްރަތާއި ރުޅިވެރިކަމުގެ ޖަޒުބާތުގައި ހުންނަވައި، މާލީ ވަޒީރު ޝަރީޢަތަށް ފޮނުވާ ވާހަކަ ދެއްކެވިއިރު، ރައީސް ނަޝީދު މަޖިލީސް ހިސޯރުކޮށްގެން މިހުރިހާ ދުވަހަކު ހުންނެވީ ޤާނޫނާއި ޚިލާފަށް ކަމަށް ސުޕްރީމް ކޯޓު ހުކުމުން ސާފުކޮށް އެނގެއެވެ. އިންސާފާއި ހަމަ ހަމަކަމަކީ ނަޝީދު ދަންނަ އެއްޗެއްނަމަ، އަމިއްލަ ފުޅަށް 5 މަސް ދުވަސް ޤާނޫނާއި ޚިލާފަށް މަޖިލިސް ހިސޯރު ކުރި މައްސަލާގައި ޝަރީއަތަށް ވަޑައިގެން ބައްލަވާށެވެ. ހަމަ ހިލާ ވަޑައެއް ނުގަންނަވާނެއެވެ. އިންސާފާއި ހަމަ ހަމަ ކަމަކީ ރައީސް ނަޝީދު ދަންނަ އެއްޗެއް ނޫނެވެ. އެމަނިކުފާނަކީ މިއަދު ޑިކްޓޭޓަރެކެވެ.

ވަކިވަކިން މަޖިލިސް ބައެއް މެމްބަރުން ކައިރިއަށް ގޮސް، މައްޗަންގޮޅި މެދު ރާއިރާގެ މެމްބަރު ނަޝީދު ވަނީ ހަމަ ނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. ބައެއް މެމްމބަރުންނަށް އިންޒާރައި ބިރު ދެއްކިއެވެ. ގިނަ ފަރާތްތަކުން ނަޝީދަށް މާ ބޮޑު އިޖާބެއް ނުދިނެވެ. ފެނުނީ ފިސާރި ވަރަކަށް "އީގޯ ހާރޓް" ވެގެން އުޅުއްވާ ތަނެވެ. މަޖިލީސް ރައީސް ކަން ދޫކޮށްލަން ޖެހުނުކަން ހަޖަމް ނުވެގެން އުޅުއްވާ މަންޒަރެވެ.

ރައީސް ނަޝީދަކީ ވެރިކަމުގެ ދަހިވެތިކަމުގައި، އެންމެ ގާތް އެކުވެރިޔާއަށް ވެރިކަން ކުރުމުގެ ފުރުޞަތު ނުދިނުމަށް ތެދުވި ހަސަދަވެރި ބޭފުޅެކެވެ. ޚުދުމުތާރުކަން އިސްކޮށް، ޑިމޮކްރަސީގެ ހުރިހާ ހަމައެއް ނަގާލުމަށް ފަހު، ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި ދެފުށް ދެގޮތް ބޭފުޅެކެވެ. އަމަލާއި ބަހާއި ދިމާ ނުވާ ބޭފުޅެކެވެ. ރައްޔިތުންނަށް އެމީހެއްގެ ފުށުން ޖެހޭ މުސީބާތު ނުހަނު ބޮޑުވެފައިވާ ބޭފުޅެކެވެ.