މާލެ، ދިވެހިރާއްޖެ - މިއަދު ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. އަދި ކަރަންޓު ކެނޑުނުކަމަަށް ވިދާޅުވެ ސްޓެލްކޯއިން ޓުވީޓުވެސް ކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ސްޓެލްކޯގެ ބައެއް އިންޖީނުތަކުން ތެޔޮ ހުސްވެގެންނެވެ. އެހެންނަމަވެސް މުއިއްޒުގެ އަމިއްލަ ގެކޮޅު ދިމްޔާތުގައި އަދިވެސް ސްޓެލްކޯގެ ކަރަންޓު ބޭނުން ކުރަމުންދާކަމަށްވެސް އެނގިފައި ވެއެވެ.
ސްޓެލްކޯގެ ބައެއް އިންޖީނުތަކުން ތެޔޮ ހުސްވާން މެދުވެރިވެފައިވަނީ, ތަލަށް ދައްކަންޖެހޭ ފައިސާ ސްޓެލްކޯއަށް ނުދެއްކި, އެސްޓީއޯއިން އެކުންފުންޏަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމުންނެވެ. ސްޓެލްކޯއިން ތެލަށް ދައްކާންޖެހޭ ފައިސާ ނުދެއްކިފައިވަނީ އެކުންފުނީގެ އެތެރޭގައި ހިންގަމުންދާ ކޮރަޕްޝަން ބޮޑުވެސް, ކުންފުނީގެ މާލީ ހާލަތު ދަށްވެގެންނެވެ.
ސްޓެލްކޯގައި ހިންގަމުންދާ ކޮރަޕްޝަން ހިންގަމުންދަނީ, އެކުންފުނީގެ އެމްޑީ އިސްވެހުރެ, ރައްޔިތުންގެ މަޖިލިހުގެ މުއިއްޒުއާއި ގާތް މެމްބަރުންނާއި ގުޅިގެންނެވެ. މި ކޮރަޕްޝަންގެ ފައިސާގެ ބޮޑުބައެއް ޖަމާވަމުންދަނީ ސީދާ މުއިއްޒުގެ ޖީބަށެވެ.
ތަފްސީލު އަންނަނީ..