ޚަބަރު

ނޫސްވެރިކަން ނައްތާލާ ބިލް ފާސްކުރާ މަތިން 90 އަހަރަށް ތުޅާދޫ ކައިރިން ޔޮޓް މެރީނާއެއް އަޅަން ހަންނާނާއި، ނާޒިމަށް ތުޅާދޫ ފަޅުން ބޮޑު ބައެއް ދޭން ނިންމައިފި

ދިޔަވަރު
ނޫސްވެރިކަން ނައްތާލާ ބިލް ފާސްކުރާ މަތިން 90 އަހަރަށް ތުޅާދޫ ކައިރިން ޔޮޓް މެރީނާއެއް އަޅަން ހަންނާނާއި، ނާޒިމަށް ތުޅާދޫ ފަޅުން ބޮޑު ބައެއް ދޭން ނިންމައިފި

ނޫސްވެރިކަން ނައްތާލާ ބިލް ފާސްކުރާ މަތިން، މިބިލް ހުށައެޅި ހަންނާނު އާއި، ޖަންގިޔާ ނާޒިމަށް ތުޅާދޫ ކައިރީ އޮންނަ ފަޅުން ބޮޑު ބައެއް ދޭން މުއިއްޒު ނިންމައިފިއެވެ. މި ފަޅުން ބޮޑު ބައެއް ދިނުމަށް ނިންމާފައިވަނީ 90 އަހަރަށެވެ. އަދި މިބިން ހަވާލު ކުރުމަށް ނިންމާފައިވަނީ އެންޓްރެކް ހޯލްޑިންގ ކިޔާ ހަންނާނުގެ ކުންފުންޏަށެވެ.

މަޖިލީސް އެތައް މެމްބަރުންނެއް ތިބިއިރު، މިކަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ބައިވެރި ވެފައި ވަނީ އޭނާ އަކީ ޖަންގިޔާ ނާޒިމްގެ ވިޔަފާރީގެ ބައިވެރި އަކަށް ވާތީއެވެ. ޖަންގިޔާ ނާޒިމަކީ މުއިއްޒުގެ ދެބެއިންގެ ދެދަރި މީހެކެވެ.

ތުޅާދޫ ދާއިރާ މެމްބަރު ހަންނާނަކީ އިންސާނުންގެ ތެރެއިން ވައްކަމާއި، މީހުންނަށް އަނިޔާވެރި ވުމާއި، ވަގު އެތައް ވިޔަފާރިއެއް ހިންގުމުގައި އަރައިހުރި، މާތްﷲ ހަޒުރަތަށް އެއްވެސް ބިރެއްނެތި ބޮޑެތި ކުށްތަކާއި މުންކަރާތްތައް ހިންގާ ނުބައި މީހެކެވެ. ޖަންގިޔާ ނާޒިމަކީ ރާއްޖޭގެ އެއްވެސް މީހަކު އިތުބާރު ކުރާ މީހެއް ނޫނެވެ.

މި ބިލުގައި ގަދައަށް ހިފާނެކަމަށާއި، އަދި މުއިއްޒު މަޑުން ހުރުމަށާއި، އެމީހުން މި ބިލް ފާސް ކުރާނެ ކަމުގެ ކަށަވަރުކަން ވަނީ ތުޅާދޫ ދައިރާގެ މެމްބަރު މުއިއްޒަށް އަރުވާފައެެވެ. ތުޅާދޫ ދާއިރާގެ މެމްބަރަކީ "މިނިވަން" މެމްބަރެކެވެ. އެހެން ކަމުން އެ ބިލް ހުށައެޅީ ސަރުކާރުން ނޫން ކަމަށް ބުނެ މުއިއްޒު ވަނީ ރައްޔިތުންނަށާއި، ބޭރު ދުނިޔެއަށް މުތުލަގަށް ދޮގު ހެދުމަށް ތައްޔާރުވެފައެވެ. މުއިއްޒަށް ކައްޒާބު ކިޔަނީ މިހެންވެއެވެ. މިއީ މުއިއްޒު ކުރާ ކަމެއް ނޫން ކަން ދައްކައި، މުއިއްޒު ބޮލުގައި މި ބަދުނާމު ނާޅުވައި، ތިމަންނާމެން މީގައި ގަދައަށް ޖެހިގަނެ، މިއީ ސީދާ މަޖިލީހުން ކުރި ކަމެއް ކަމަށް ދެއްކުމަށް، އަދި މުއިއްޒުގެ ބޮލަށް މިކަން ނުޖެހޭނެ ކަން ކަށަވަރު ކޮށްދީ އެމަގުން އެކަން ކުރާ މަތިން ތުޅާދޫ ދާއިރާ މެމްބަރު ހަންނާނު އާއި، ޖަންގިޔާ ނާޒިމް ވަނީ މުއިއްޒު އާއި އެކު މިޑީލް ހަދާފައެވެ.

މުއިއްޒު ވަނީ މަޖިލީހުގެ ކޮންޓްރޯލް ނަގައި، ރާއްޖޭގެ ކޯޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާފައެވެ. މުއިއްޒަކީ ހުދުމުހުތާރު އަނިޔާވެރި، ރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ނުބައި އެކަކެވެ. ކައުންސިލްތަކުގެ ބާރު ނަގާފައިވަނީ، ނޫސްވެރިކަން ނައްތާލާ ބިލުގެ ޑީލުގެ ތެރެއިން ޖަންގިޔާ ނާޒިމް ބޭނުންވާ ޑީލްތައްތައް ހެދުން އޭގެ މުހިންމު ބައެއް ގޮތުގައި ހިމެނިފައި އޮތުމުންނާއި އެކީއެވެ. ނޫސްވެރިކަން ނައްތާލާ ބިލް، މުއިއްޒު ޑްރާފްޓް ކޮށްފައި އޮންނަތާ، އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބިލް މަޖިލީހަށް ހުށައެޅުން ލަސްކުރީ، 90 އަހަރަށް ތުޅާދޫ ކައިރީ އޮތް ފަޅު ޖަންގިޔާ ނާޒިމަށް ލިބޭ ގޮތް ހެދޭނީ، ކައުންސިލްގެ ބާރުތައް ނައްތާލާ ބިލް ފާސްވުމުން ކަމަށް ވާތީއެވެ. މަޖިލީސް މެމްބަރުން ވަނީ މިކަން ޖަންގިޔާ ނާޒިމަށް ކޮށްދީ، އޭނާގެ މުއްސަނދި ކޮށް ދިނުމަށްޓަކައި، ކައުންސިލް ބިލް ފާސްކޮށްދީފައެވެ.