ދާދި ދެންމެ އަކު ނިންމި ރައީސް ޔާމީނުގެ ޖަލްސާ އެއްލައްކަ އަށް ވުރެ ގިނަ މީހުން ބަލައިފި ކަމަށް ލަފާކުރެވެއެވެ.
ޗެނަލް13ގެ ޓްވިޓަރއިން ފެންނަ ގޮތުގައި 20 ހާހަށް ވުރެ ގިނަ މީހުން ވަނީ ޖަލްސާ ލައިވްކޮށް ބަލާފައެވެ. ފޭސްބުކުން 30 ހާސް މީހުން ވަރު ބަލާފައިވާއިރު، ޓީވީއިން 50 ހާހަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޖަލްސާގެ ހަޒިރީންނަށް ބަލާލާއިރު، 1،500 މީހުން ހާޒިރުވި ކަމަށް މައުލޫމާތު ލިބެއެވެ. ގޮނޑި ޖަހާފައިވަނީ 1،200 ގޮޑިއެވެ. އިތުރަށް 300 މީހުން ސަރަހައްދުގައި ތިބި ކަމަށް ބެލެވެއެވެ.
މި ކާމިޔާބު ޖަލްސާ ކުޑަ ޕާޓީއަކުން ބާއްވާފައިވާއިރު، އެމްޑީޕީއިން ފަހުގެ ތާރީހެއްގައި އެއްވެސް ބޮޑު ޖަލްސާއެއް ބާއްވާފައި ނުވެއެވެ. ނޫސްވެރިކަން ނައްތާލާ ބިލާއި ގުޅޭ ގޮތުން ބަޔާނެއް ނެރުން ފިޔަވައި އެ ފަދަ ހައްސާސް މައްސަލައަކާއި ގުޅޭ ގޮތުން އެއްވެސް ކަމެއް އެމްޑީޕީއިން ކޮށްފައި ނުވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މިވަގުތު ހުންނެވީ ގާނާގައެވެ.
ރާއްޖޭގެ މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ސްޕްރީމް ކޯޓުގެ ބާރު މުއިއްޒު ކަނޑުވާފިއެވެ. މި ވަގުތު މަސައްކަތް ކުރަމުން ދަނީ މީޑިޔާތައް ދުއްވާލުމަށެވެ. ފާއިތުވި ދޮޅު އަހަރުގައި އޮޕަޒިޝަންގެ ދައުރު އަދާ ކޮށްފައިވަނީ މިނިވަން މީޑިޔާއިންނެވެ. މީޑިޔާގެ ބާރުތައް އަތުލުމަށް ފަހު، އެއްވެސް ހުރަހެއް ނެތި ދެން ހިފާނީ ސިޔާސީ ވެރިން ގޮޅިތަކަށް ފައްތައި، ޤާނޫނު ބަދަލުކޮށް، މުއިއްޒަށް ވެރިކަމުގައި ހުރެވޭނެ ގޮތެއް ހޯދުމަށެވެ.
މިއަދު ރައީސް ޔާމީނުގެ ޖަލްސާ ބެލި އެއްލައްކައަށް ވުރެ ގިނަ ރައްޔިތުން ތަމްސީލު ކޮށްދެމުން ދަނީ މި އަނިޔާވެރި ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނުކުންނަށް ބޭނުންވެފައިވާ މިންވަރެވެ. މިއާއި ދެކޮޅަށް އެފަދަ ރޫހެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުންދާ ލީޑަރުންނަކީ، ރައްޔިތުންގެ ހައްޤުގައި ބަސްބުނަން ޖެހުލުންވެގެން އުޒުރު ދައްކަމުންދާ ފަރާތްތަކެވެ.