މިވަގުތު ރާއްޖޭގެ އިސްލާމިކް މިނިސްޓަރ އަންހެނަކާއި އެކު އެކަހެރިކޮށް ބަނޑޮހުގެ 103 ވަނަ ކޮޓަރީގައި އޮތް ކަމަށް ސޯޝަލް މީޑިޔާގައި ޚަބަރު ފެތުރިއްޖެއެވެ.
އަދި ފުލުހުން މި ވަގުތު ސީނަށް ގޮސް މިކަން ބަލައި ދިނުމަށް ސޯޝަލް މީޑިޔާގައި ސަރުކާރުގެ ވެރިންގެ ކޮރަޕްޝަން މައުލޫމާތު ގެންނަ ކުރިސީގެ އެކައުންޓުން ވަނީ ގޮވާލާފައި ވެއެވެ.
މީގެ ކުރިން ޝަހީމް އަންހެނަކާއި އެކީ ބޮނަކުއާރ ފުޅިއެއް ހިފައިގެން ސިޓިންގ ރޫމުގައި އުޅުމަށްފަހު، ވަކިން ކޮޓަރިއަކަށް ވަންނަ މަންޒަރު ފެންނަ ވީޑިޔޯއެއް ވަނީ ލީކުވެފައެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެވަރަށް ބޭޒާރުވެ އަގުވެއްޓިފައިވާ ފަރާތްތައް އިސްލާމިކް މިިނިސްޓަރ ފަދަ މަގާމުތަކަށް އައްޔަން ކޮށް ނަހަދައެވެ. އެއީ އިންސާނީ ކަރާމާތާއި، ލަދުވެތިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ އިތުބާރު ސަރުކާރުތަކުގެ މައްޗަށް ބެހެއްޓުމަށްޓަކައެވެ.
މި ސަރުކާރުން ފުލުހުން ފޮނުވައި، އިސްލާމިކް މިނިސްޓަރ މިފަދަ އަމަލެއް ހިންގަމުން ދޭތޯ ނުބަލާނެއެވެ. އިންސާފަކީ ހަމައެކަނި ވަކި ބަޔަކަށް އޮތް ނުލިބޭ އެއްޗަކަށް މި ޤައުމުގައި މިއަދު ވެއްޖެއެވެ.