ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ މޭޖާ މަސައްކަތެއް ކުރުމަށްޓަކައި އިންޖީނު ނިއްވާލުމަށް ކަމަށް ބުނެ މިއަދު ހެދުނު ހެދުނާ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާއިރު، މުއިއްޒުގެ އަމިއްލަ ގެ ދިމްޔާތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ސްޓެލްކޯއިން ރޭ ހާމަކޮށްފައިވަނީ މިއަދު މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށެވެ. އެހެންނަމަވެސް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ހޮސްޕިޓަލްފަދަ، މުހިންމު ޚިދުމަތްތައް ދޭ ތަންތަން ހިމަނާފައި ނުވާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ކަރަންޓު ނުކެނޑުމަށް ހަޖައްސާފައިވާ ތަންތަނުގެ ތެރޭގައި މުއިއްޒުގެ އަމިއްލަގެ ދިމްޔާތު ހިމެނި ސަބަބެއްވެސް ސްޓެލްކޯއިން ހާމަކޮށްފައި ވެއެވެ.
ސްޓެލްކޯއިން ރޭ ނެރުނު ނޫސްްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފަހަކަށް އައިސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ސްޓެލްކޯގެ ބައެއް އިންޖީނުތަކުން ތެޔޮ ހުސްވެގެންނެވެ. އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް މުއިއްޒުގެ އަމިއްލަ ގެކޮޅު ދިމްޔާތުގައި ސްޓެލްކޯގެ ކަރަންޓު ކެނޑިގެން ގޮސްފައެއް ނުވެއެވެ.
ސްޓެލްކޯގެ ބައެއް އިންޖީނުތަކުން ތެޔޮ ހުސްވާން މެދުވެރިވެފައިވަނީ, ތަލަށް ދައްކަންޖެހޭ ފައިސާ ސްޓެލްކޯއަށް ނުދެއްކި, އެސްޓީއޯއިން އެކުންފުންޏަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމުންނެވެ. ސްޓެލްކޯއިން ތެލަށް ދައްކާންޖެހޭ ފައިސާ ނުދެއްކިފައިވަނީ އެކުންފުނީގެ އެތެރޭގައި ހިންގަމުންދާ ކޮރަޕްޝަން ބޮޑުވެސް, ކުންފުނީގެ މާލީ ހާލަތު ދަށްވެގެންނެވެ.
ސްޓެލްކޯގައި ހިންގަމުންދާ ކޮރަޕްޝަން ހިންގަމުންދަނީ, އެކުންފުނީގެ އެމްޑީ އިސްވެހުރެ, ރައްޔިތުންގެ މަޖިލިހުގެ މުއިއްޒުއާއި ގާތް މެމްބަރުންނާއި ގުޅިގެންނެވެ. މި ކޮރަޕްޝަންގެ ފައިސާގެ ބޮޑުބައެއް ޖަމާވަމުންދަނީ ސީދާ މުއިއްޒުގެ ޖީބަށެވެ.