ޔާމީނުގެ ޖަލްސާއާއި ގުޅިގެން، ޔާމީނަށް ރައްދު ދިނުމަށް ވަޒީރުންނަށް އެންގުމުން، އެކަކުވެސް މުއިއްޒު ބުނި ގޮތެއް ނެހެދިކަމަށް ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ. މިކަމާއި ގުޅިގެން މުއިއްޒުގެ ހިތްހަމަ ނުޖެހުން ކެބިނެޓުގެ ވަޒީރުންނަށް އޮތް އިރު، މަޖިލީހުންވެސް ރައީސް ޔާމީނާއި ދެކޮޅަށް ވާހަކަ ދައްކާފައި ވަނީ ބަރާބަރަށް މިލިއަނުން ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށް ތުހުމަތު ކުރެވޭ ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢު އާއި، ޓޮބޭކޯ ކިޔުމަށް މަސައްކަތް ކޮށްގެން ބޮޓޭކޯ ކިޔުނު ޕާލިމެންޓްރީ ގްރޫޕް ލީޑަރ ފަލާހުއެވެ.
މަޖިލީހުގެ ގިނަބަޔަކު ވެސް މިހާރު ތިބީ މުއިއްޒު އެޅިހާ ބަތަކަށް ރިހައަޅަން ނޫން ކަމަށާއި، މުއިއްޒުގެ ގިނަ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންވެސް ރައީސް ޔާމީނާއި ދެކޮޅަށް މުއިއްޒު ދޭ އިރުޝާދާއި އެއް ގޮތަށް ހުތުރު އެއްޗެހި ކިޔަން ބޭނުން ނުވާކަމަށް ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.
ނައިބް ރައީސް އާއި މެދު ހިތްހަމަ ނުޖެހިގެން، ހުތުރުކޮށް މުއިއްޒު ކޯފާވެ މުހާތަބު ކޮށްފައި ވަނީ ވެސް، ރައީސް ޔާމީނަށް ހުތުރުކޮށް ރައްދު ދިނުމަށް އިންކާރު ކުރުމުން ކަމަށް މައުލޫމާތި ހާމަ ކުރި ފަރާތުން ވިދާޅުވިއެވެ. ނައިބް ރައީސް ސެމްބެ އާއި އިސްލާމިކް މިނިސްޓަރ ޝަހީމް އާއި ދެމެދު މާ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނެ އެކަމާއި ވެސް މުއިއްޒު ވަނީ މީގެ ކުރިން ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.
ކެބިނެޓުގެ ގިނަ ވަޒީރުން ދެކޭ ގޮތުގައި މުއިއްޒު އަކީ ވެރިކަން ކުރުމަށް އެކަށީގެންވާ އެ ޤާބިލު ކަމެއް އެއްވެސް ވަރަކަށް ނެތް ފަރާތެއް ކަމަށް ދިޔަވަރު ނޫހަށް އެނގިފައިވެއެވެ.
ރައީސް މުއިއްޒު އަކީ ރާއްޖޭގައި އެންމެ އަވަހަށް އާންމުންގެ މެދުގައި މަގުބޫލުކަން ގެއްލި، އެންމެ އަވަހަށް ވެރިކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވި ސަރުކާރެވެ. ޕީއެންއެފް އިން ރައީސް ޔާމީން ނުކުންނަ ނަމަ، ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބުގައި %3 ވެސް ނުލިބޭނެ ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އެކަން ކަށަވަރުވެގެން ރައީސް ޔާމީން ޖަލަށް ލުމަށް ރައީސް މުއިއްޒު ދަނީ ކޯޓަށް އަތްބާނައިގެން މަސައްކަތް ކުރަމުންނެވެ.