4 ކެބިނެޓް މިނިސްޓަރަކާއި، 26 މަޖިލީސް މެމްބަރަކު ރައީސް ޔާމީންގެ ޖަލްސާއަށް ތައުރީފްކޮށް ރައީސް ޔާމީނަށް މެސެޖު ކުރައްވައިފި ކަން ދިޔަވަރު ނޫހަށް ކަށަވަރުކޮށް މައުލޫމާތު ލިބިއްޖެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތައް ވަނީ ރައީސް ޔާމީން އާއި ގުޅައި ވާހަކަ ވެސް ދައްކާފައެވެ.
ރައީސް މުއިއްޒުގެ ނާގާބިލު ވެރިކަމާއި، އެމަނިކުފާނުގެ އަމިއްލަ ކެބިނެޓުގައި ތިއްބެވި ބޭފުޅުންނާއި، ޕީއެންސީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ދެކޮޅެވެ.
ޤައުމަށް ކުރިމަތި ވަމުންދާ ހާލާއި މެދު ވިސްނާ އެއްވެސް މީހަކު މުއިއްޒަށް ތާޢީދެއް ނުކުރެއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ، ވިޔަފާރިތައް ފުނޑި، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާތައް ހިފަހައްޓައިގެން ރައީސް މުއިއްޒު އުޅުއްވާތީ ގިނަ މެމްބަރުންގެ ހިތްހަމަ ނުޖެހުން ވަނީ ކުރިމަތި ވެފައެވެ.
މެމްބަރުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް އެހާމެ ބޮޑެވެ. އެތައް މިލިއަނެއްގެ ރުފިޔާ ޝުޖާޢު އާއި، ފަލާހު އާއި، ޖަންގިޔާ ނާޒިމް ނަގަމުންދާއިރު ގިނަ މެމްބަރުންނަށް 50،000ރ ވެސް މިހާރު ނުދެއެވެ. ބައެއް މެމްބަރުން ވަނީ އެމީހުން މަޖިލީހަށް އަންނަން ޚަރަދު ކުރި ދަރަނިވެސް އަދާ ނުކުރެވިއެވެ. އެ މީހުންނަށް އެ ދަރަނި އަދާކުރަން ފައިސާ ދޭނެކަމަށް މުއިއްޒު ބުނެފައިވާއިރު، މުއިއްޒު މިހެން މަޖިލީސް މެމްބަރުންނަށް ދޭން ހޯދާ ފައިސާ އަކީ ވައްކަންކޮށްގެން ހޯދާ ހަރާން ފައިސާއެވެ. އަދި މިގޮތަށް ފައިސާ ދިނުމަކީ ޤާނޫނާއި ޚިލާފަށް މުއިއްޒު ކުރާކަމެކެވެ. އަދި މުއިއްޒު ފައިސާ ހުށައަޅާފައިވާ ކަމަށާއި، މުއިއްޒު ރިޝްވަތު ދޭކަމަށް ކޯޓަށް ހެކިދޭން ތައްޔާރަށް ތިބި މަޖިލީސް މެމްބަރުން މިހާރުވެސް އެބަ ތިއްބެވެ.
ހަސަން ކުރުސީ ދާދި ފަހުން ނެގި ޕޮލްއަކުން ރައީސް ޔާމީނަށް ރާއްޖޭގެ %34 ތާޢީދު އޮތްކަމަށް ދެއްކި އިރު މުއިއްޒަށް ލިބިފައިވަނީ އެންމެ %8 އެވެ. އެމްޑީޕީއަށް ލިބިފައިވަނީ %58 އެވެ. އެހެންކަމުން ދެން އަންނަ އިންތިހާބެއްގައި މުއިއްޒު ކިތަންމެ ފައިސާއެއް އެޅިއަސް ރައީސް ޔާމީނު ނުވަތަ ރައީސް ޔާމީންގެ ފަރާތުން ނުކުންނަ ކެނޑިޑޭޓަކަށް ވެރިކަން ލިބުމުގެ ފުރުޞަތު މުއިއްޒު ކުރިމަތިލިއަސް މާބޮޑެވެ.
ފަހުވަގުތު މުއިއްޒު ބޭނުންވާ ގޮތަށް ކޯޓުތަކުން ހުކުން ނުކޮށްފި ނަމަ، ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބެލެވެއެވެ. އެފަދަ ހާލަތެއްގައި ރައީސް ޔާމީން ވެރިކަމަށް ހޮވުމަކީ އެކަށީގެންވާ ކަމެކެވެ.