ނޫސްތައް ނައްތާލަން އުޅެނިކޮށް، މާތް ﷲގެ ކުޅަވަންތަ ކަމުން މުއިއްޒުގެ ވައްކަމަށް އޭނާގެ ދޫ ވެސް ހެކިދޭން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ، ހދ. ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ދަނިކޮށެވެ.
ވައްކަމާއި ކޮރަޕްޝަންގައި ހައްދުފަހަނައަޅާ ގޮސް، ރައްޔިތުން މުދަލުން ކުރާ ވައްކަމުގެ ސަބަބުން އާންމު ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންގެ ނިކަމެތިކަން އިންތިހާއަށް އަށް ވަނީ އިތުރުވެފައެވެ. ވިޔަފާރިތައް ވަނީ ހުލިވެފައެވެ. އާންމު ރައްޔިތަކަށް ބޭސް ފަރުވާއަށް ވެސް ޑޮލަރެއް ނުލިބެއެވެ. ގަރުދިޔާއި ބަތާއި ކައިގެން ކިރިޔާ ދިރިހުރެވޭ ވަރުކޮށްގެން ރައްޔިތުން އުޅެމުން ދަނީ ނިކަމެތި ހާލުގައެވެ.
ދޮގު ހެދުމާއި، ވައްކަން ކުރުމާއި، ވައްކަން ކުރުން ނޫން ކަމެއް ހިތުގައި އަޅައިގެން ނުހުރުން ފަދަ ކަންކަމުން ހިތުގައި އޮތް ބަސް ގަސްތަކާއި ނުލައި ދުލު ކުރިއަށް އައިސް މާތްﷲގެ އިރާދަފުޅުން މިދަނީ ފަޟީހަތް ވަމުންނެވެ. ބުނެ އުޅޭ ގޮތުގައި ޤިޔާމަތް ދުވަހުން މީހާ ކޮށްފައިވާ ވައްކަމާއި، އަނިޔާ އާއި، ފާފައަށް އޭނާގެ ގުނަވަންތައް ހެކި ދޭނެއެވެ.
މި ހިނގި ހާދިސާއިން ހާމަ ކޮށްދެނީ ނޫސްތައް ބަންދުކޮށްގެން މުއިއްޒަށް ވައްކަމާއި، ކޮރަޕްޝަން އަދި ފޮރުވެން ނެތްކަމެވެ.
ރައީސް މުއިއްޒު ދަނީ ސަރުކާރުން ރާވާ ކޮންމެ ޕްރޮޖެކްޓަކުން ކަޓު ނަގައި ވައްކަމުން ކުރަމުންނެވެ. ވަކި ޕްރޮޖެކްޓެއް އިސްތިސްނާއެއް ނުކުރެވެ. އެސްއޯއީތަކުން ފައިސާ ނަގާދޭން އެމްޑީއިންނަށް މަޖިލީސް އިންތިހާބާއި ދިމާކޮށް އެންގިއެވެ.
ހދ. ހިރިމަރަދޫގައި ދެއްކި ވާހަކާގައި 'ވައްކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް' ކަމަށް މުއިއްޒަށް ވަނީ ބުނެވިފައެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ.
މުއިއްޒުގެ ތަގުރީރުގެ އެބައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުން ވަނީ އުނިކޮށްފަ އެވެ. ޕަބްލިކް ސާވިސް މީޑިއާގެ މަންސަތަކުން ވެސް އެ އެމަނިކުފާނުގެ ތަގުރީރުގެ އެބައި ވަނީ ނަގައިފަ އެވެ. އަދި މިއަދު ހެނދުނު، ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރި ތަގުރީރުގެ ޓްރާންސްކްރިޕްޓުން ވެސް އެބައި ވަނީ އުނިކޮށްފަ އެވެ.