ޚަބަރު

ނޫސްވެރިކަން ނައްތާލާ ބިލް މަޖިލީހަށް ހުށައެޅީ ރައީސް މުއިއްޒު އަންގައިގެން، ބިލް ތައްޔާރު ކުރީ އުޝާމް!

ދިޔަވަރު
ނޫސްވެރިކަން ނައްތާލާ ބިލް މަޖިލީހަށް ހުށައެޅީ ރައީސް މުއިއްޒު އަންގައިގެން، ބިލް ތައްޔާރު ކުރީ އުޝާމް!

މާ ދުރު ދުރުން ތިމަންނާ ނުދަންނަ ކަމަކަށް ހެދިގެން، ތިމަންނާ ޕާޓީގެ މީހެއް ނޫން މީހަކު ހުށައެޅި ބިލެއް ކަމަށް ބުނެ މުއިއްޒު ރައްޔިތުންނަށް އޮޅުވާލުމަށް ނޫސްވެރިކަން ނައްތާލާ ބިލާއި ގުޅޭ ގޮތުން ރޭ ވާހަކަ ދައްކާފައިވާއިރު، މި ބިލަކީ ސީދާ ރައީސް މުއިއްޒު ބޭނުންވެގެން ހުށައަޅާފައިވާ ބިލެއްކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ.

މުއިއްޒުގެ އެދުމުގެ މަތިން ބިލް ލިޔެ ތައްޔާރު ކުރީ އޭޖީ އަކަށް ހުރި އުޝާމު އެވެ. މީގެ ކުރިން ވެސް ތުޅާދޫ ދާއިރާގެ މެމްބަރު ލައްވައި ހުށައެޅި ބިލަކީވެސް އުޝާމު ތައްޔާރު ކުރި ބިލެއްކަމަށް އޭނާ އަމިއްލަ އަށް ފަހުން ވަނީ އެތައް ބަޔަކު ކައިރީ އިއުތިރާފު ވެފައެވެ. އަދި މި ބިލް ތައްޔާރު ކުރަމުން ދިޔައިރު އެވާހަކަވެސް އުޝާމުގެ ފަރާތުން އެތައް ބަޔަކަށް އެނގިފައިވެއެވެ.

ރައީސް މުއިއްޒު އިސްލާމަކަށް ވެހުރެ، ތައްމިނަށް މިކަމުގައި ދޮގު ހަދައި، އޭނާ ދެނަހުރި ކަމަކަށް ވެސް ނަހަދައި ހުންނެވި އިރު، މި ބިލަކީ ރައީސް މުއިއްޒު ބޭނުންވެގެން ހުށައަޅާފައިވާ ބިލެއް ކަން ހުރިހާ ނޫސްވެރިންނަށްވެސް ސާފުކޮށް އެނގެއެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި ދުރާލައި ރޭވިގެން މަކަރުވެރިކަމާއެކު ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް ހުށަހަޅާފައިވާ ބިލެއް ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ ވިދާޅުވެފައެވެ.