މީޑިޔާގެ މިނިވަންކަން ނައްތާލާ ބިލް ހުށައެޅީ އުޝާމު ދިން ގޮތަށް ކަމަށާއި، އޭގައި އޮތް އެއްޗެއް އޭނާ ނުބަލާ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
އޭނާ މިވާހަކަ ދައްކާފައި ވަނީ ގާތް ބަޔަކާއި އެކު އެރި ކޮފީ އެއްގައި ކަމަށް އެވާހަކަ ދިޔަވަރަށް ކިޔައިދިން ފަރާތުން ހާމަ ކުރިއެވެ.
މި ބިލަކީ މުއިއްޒުގެ އޯޑަރަށް، އުޝާމް ތައްޔާރުކޮށް މަޖިލީހަށް ހުށައެޅި ބިލެކެވެ. މި ބިލާއި ވީހާވެސް ދުރުވާން ވެގެން މުއިއްޒު މި ބިލް ހުށައެޅީ ހަންނާނު މެދުވެރި ކޮށެވެ. އާންމުކޮށް ރައްޔިތުންނަށް މުއިއްޒު ދޮގު ހަދައި އޮޅުވާލާ އުސޫލުންނެވެ. ހަންނާނު އަކީ މުއިއްޒުގެ ތިމާގެ ޖަންގިޔާ ނާޒިމްގެ ވިޔަފާރި ޕާޓްނަރެވެ.
ތުޅާދޫ ދާއިރާއިން ފަސޭހައިން ހޮވެން އޮތީ މިނިވަން ކެނޑިޑޭޓެއް ގޮތަށް ކުރިމަތި ލައިގެން ކަމުން، ހަންނާނު ތުޅާދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލީ އަމިއްލަ ނަމަވެސް މުއިއްޒު (ސްޕޮންސަރ ކޮށްފައިވާ) ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ސަރުކާރުގެ ފަރާތުން ހަންނާނަށް ޕީއެންސީ މެމްބަރުންނަށް ނުލިބޭ މާ ގިނަ މަންފާތައް މިހާރުވެސް ދަނީ ލިބެމުންނެވެ.