މުއިއްޒުގެ އަމުރަށް މީޑިޔާއާއި ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތް މަޖިލީހުން މާދަމާ ކުރިއަށް ގެންދާއިރު އާންމުން މަޖިލީސް ދޮށަށް އެއްވުން މުހިންމު ވުމުން މަޖިލީސް ދޮށަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ދިޔަވަރު ނޫހުން ގޮވާލަމެވެ.
މުއިއްޒު މަޖިލީސް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ބިލުގައި އޮތީ ސޯޝަލް މީޑިޔާ އަދި މީޑިޔާގައިވެސް ތެދު މައުލޫމާތު ފަތުރާ ފަރާތްތައް ޖަލަށް ލެވޭ ގޮތަށެވެ. ބޮޑު އަދަދު ތަކުން ވަކި ވަކި ފަރުން ޖޫރީ މަނާ ކުރެވޭ ގޮތަށެވެ.
ފަރުދީ މިނިވަންކަން މި ގޮތަށް އާންމު ކޮށް ނަގާލަނީ، އިސްތިއުމާރީ ބާރުތަކުން ރައްޔިތުން އަޅުވެތި ކުރުމަށެވެ. ރައްޔިތުން މަޖިލީސް ދޮށަށް އެއްވާންވީ މިނިވަން ކަމަށް އަޑު އުފުލުމަށެވެ. މައުލޫމާތު ހޯދައި ލިބި ގަތުމުގެ މިނިވަންކަން ރައްޔިތުން އަތުން ފޭރުމަށް މުއިއްޒުގެ އަމުރަށް އުޝާމު އެކުލަވާފައިވާ މި ބިލުން ހަޤީގީ ގެއްލުން ކުރިމަތި ވާނީ އާންމު ރައްޔިތުންނަށެވެ.