މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަށާއި، އެއްވެސް އިރެއްގައި މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށް އެންމެ ފަހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އަދި މިހާތަނަށްވެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކުރާނެކަމަށް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.
އަދި މީޑިއާ ބިލް އަދިވެސް މަޖިލީހުން ބޭރު ކުރާނެކަމަށް މުއިއްޒު ވިދާޅުވެފައި ނުވާއިރު، މީޑިއާ ބިލުން އުފައްދާ ކޮމިޝަންގައި މީޑިއާއިން 4 މެމްބަރު ސަރުކާރުގެ 3 މެމްބަރުންކަމަށް ވިދާޅުވެ، މުއިއްޒު އުޅުއްވީ މަކަރާއި ހީލަތުން ޕީއެސްއެމް މެދުވެރިކޮށް ކޮމިޝަންގެ މެޖޯރިޓީވެސް މުޝުތެރެއަށް ލާންކަންވެސް ހާމަވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މީޑިއީ ބިލުގައި އެ ބިލުން އުފައްދާ ކޮމިޝަންގެ ރިޔާސަތުގައި ރައީސް އައްޔަންކުރާ ބޭފުޅުން އިންނަން ބޭނުން ނުވާކަމަށް ވިދާޅުވެ، މުއިއްޒު ވާހަކަ ދައްކަވަމުން ގެންދަވަނީ އެ ބިލުން އުފައްދާ ކޮމިޝަންގެ މެޖޯރިޓީ އަދިވެސް މުއިއްޒުގެ މުށުތެރެއަށް ލެއްވޭނެ ކަމުގެ އުއްމީދުގައެވެ. އެއީ މިހާރު ބިލިގައި އޮތް ގޮތުން މީޑިއާއިން 4 މެމްބަރުން އައްޔަންކޮށް، ސަރުކާރުން 3 މެމްބަރުން އައްޔަން ކުރަން އޮތް ހާލަތުގައިވެސް، މުއިއްޒު ކޮންޓްރޯލްކުރާ ޕީއެސްއެމްއިން މެމްބަރަކު މީޑިއާތަކުން ކޮންޓްރޯލްކުރާ ސްލޮޓަކަށް ލެއްވޭނެކަމުގެ އުއްމީދުގައެވެ.
ހަމަ އެއާއެކު މުއިއްޒު ވިދާޅުވެ ވިދާޅުވެފައިވަނީ މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި ވާހަކަ ހަމަ އެކަނި "އަޑު އެހީ" ކަމުގައެވެ.
ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމަކީ މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި އަމިއްލަ މެންބަރަކު މީޑިއާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ސަރުކާރު ޕާޓީ ޕީއެންސީގެ މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް މި ބިލު ފާސްކުރާކަށް ބޭނުންނުވާ ކަމަށް ދަންނަވާފައިވާ ކަމަށްވެސް މުއިއްޒު މިޖަލްސާގައި ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ކޮމިޝަނުގައި ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް، ބިލު ގާނޫނަކަށް ވެއްޖެނަމަ އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ ކޮމިޝަންގެ މެންބަރުން އިންތިޚާބުކުރާ މީހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރުމަށް ޕީއެންސީ މެންބަރުންނަށް އަންގާފައިވާ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި "ވާހަކަ އަޑު އެހި" ކަމަށް މުއިއްޒު ވިދާޅުވިއިރު، ކަށަވަރު ވެފައިވާ ގޮތުގައި މިބިލް މިނިވަން މެމްބަރު މަޖިލީހަށް ހުށަހެޅުއްވީ ސީދާ މުއިއްޒު އަންގަވައިގެންނެވެ. އަދި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާގޮތަށް މި ބިލް ފަރުމާ ކުރީ މުއިއްޒުގެ އެންގުމަށް ބަންޑާރަ ނައިބު އުޝާމްއެވެ. މިބިލް ފަރުމާ ކޮށްފަ އޮތްގޮތުން މި ބިލުން އުފައްދާ ކޮމިޝަންގެ ރައީސަކަށް މުއިއްޒު އައްޔަންކުރާ މެމްބަރަކު އިންނަވާއިރު، ޕީއެސްއެމްގެ މެމްބަރަކު މިކޮމިޝަނަށް ލައްވައިގެން ކޮމިޝަންގެ މެޖޯރިޓީވެސް ހޯދުމަށް މުއިއްޒު ރާވާފައި ވެއެވެ.
އެހެންނަމަވެސް ނޫސްވެރިން ދަނީ މިބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ މުޒާހިރާ ކުރަމުންނެވެ. މުއިއްޒުއަށް ހަގީގަތުގައިވެސް ނޭނގި އޮތްކަމަަކީ މީޑިއާއެއް މުށުތެރެއަށް ލުމަކީ ރައްޖެ ބަލައިގެން މިނިވަން ޑިމޮކްރަސީގައި ކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި މީޑިއާއެއް ކަސްތޮޅު އަޅުވާ، މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަކީ އަދުގެ ދުނިޔޭގައި ކާމިޔާބު ވާނެ ސިޔާސަތެއް ނޫންކަމެވެ. އެހެންނަމަވެސް މީޑިއާ ކަސްތޮޅު އަޅުވަން މުއިއްޒު ކުރާ މަސައްކަތުން އެއްކަމެއް ހާމަވެގެން ދާނެއެވެ. އެއީ މުއިއްޒުގެ މިނާފިގުކަމާއި، ޚުދުމުޚްތާރުކަމާއި ކަނޑުކޮސް ކަމެވެ.