ޚަބަރު

ޕީއެންސީ މަޖިލީސް މެމްބަރުންނަށް މުއިއްޒު އިތުބާރު ނުކުރާތީ މިއަދު ބަހުސް ނިންމައި މިއަދު ބިލް ފާސް ކުރަން މުއިއްޒު އަމުރު ކޮށްފި

ދިޔަވަރު
ޕީއެންސީ މަޖިލީސް މެމްބަރުންނަށް މުއިއްޒު އިތުބާރު ނުކުރާތީ މިއަދު ބަހުސް ނިންމައި މިއަދު ބިލް ފާސް ކުރަން މުއިއްޒު އަމުރު ކޮށްފި

މީޑިޔާ ބިލް ދޮގު ދައްމާލާފިއްޔާ ޕީއެންސީ މެމްބަރުންގެ ޚިޔާލު ބަދަލު ވެގެން ގޮސްފާނެތީ، އަދި ޕީއެންސީ މަޖިލީސް މެމްބަރުންނަށް މުއިއްޒުގެ އިތުބާރު ނެތުމުގެ ސަބަބުން، މިއަދުގެ ބަހުސް ނިންމައި މިއަދު ބިލް ފާސް ކުރަން މުއިއްޒު އަމުރު ކޮށްފިއެވެ.

މުއިއްޒު އަންގައިގެން ރައްޔިތުންގެ ލޭ ބުއިމަށް ޤާނޫނު ހަދަން ޖެހުނަސް ބިލް ހަދައިދޭން ހުރި އުޝާމު ތައްޔާރުކޮށް ހަންނާނު ލައްވައި މަޖިލީހަށް ހުށައެޅި ނޫސްވެރިކަން ނައްތާލާ ބިލުގެ ބަހުސް މިއަދު ބޭއްވުމަށް މަޖިލީސް ބާއްވާފައިވަނީ ދައުރުން ބޭރުންނެވެ.

އަވަސް އަރުވާލާފައި މުއިއްޒު މި ބިލް ފާސް ކުރުމަށް މިއަދަށް ބަހުސް ނިންމާލުމުން، މިއަދު ބަހުސް ކުރިއަށް ގެންގޮސް އެކީ އެކައްޗަކަށް ބަހުސް ނިންމުމަށް މަޖުބޫރުކޮށްގެން މަޖިލީހުގެ ރިޔާސަތުން އަނެއްކާ ވަނީ މަޖިލީހުގައި ނޫސްވެރިކަން ނައްތާލާ ބިލަށް ބަހުސް ފަށާފައެވެ.

އުޝާމު ތައްޔާރު ކޮށްފައިވާ މީޑިޔާ އަދި ސޯޝަލްމީޑިޔާ ނައްތާލާ ބިލް ޑްރާފްޓް ކުރުމުގައި ބަލާފައި ވަނީ އިޒްރޭލުގެ ޤާނޫނުތަކެވެ. އެމީހުން ގެންގުޅޭ "ބެސްޓް ޕްރެކްޓިސް" ތަކެވެ.

މުއިއްޒު އަކީ ރާއްޖޭގެ ތާރީޚު ދުއް އެންމެ ނުބައި އަނިޔާވެރި ވެރިޔާއެވެ.